ހަސަން ކުރުސީ އެކައުންޓުގެ ސަސްޕެންޝަން އުވާލައިފި

ހަސަން ކުރުސީ އެކައުންޓުގެ ސަސްޕެންޝަން އުވާލައިފި

ހަސަން ކުރުސީގެ ނަމުގައި ހިންގަމުންދިޔަ އެކްސް އެކައުންޓުގެ ސަސްޕެންޝަން އުވާލައިފި އެވެ.

ހަސަން ކުރުސީ އެކައުންޓުގެ ސަސްޕެންޝަން އުވާލާފައިވަނީ މިއަދުގެ ވަގުތެއްގަ އެވެ.

ސަސްޕެންޝަން އުވާލި ނަމަވެސް އަދި ހަސަން ކުރުސީ އެ އެކައުންޓުން އެއްވެސް އެއްޗެއް ޕޯސްޓެއް ނުކުރެ އެވެ.

އެކައުންޓު ސަސްޕެންޑް ކުރުމާ ގުޅިގެން ހަސަން ކުރުސީ ވަނީ "ހަސަން ކުރުސީ ބެކަޕް" އެކައުންޓް ބޭނުން ކުރަން ފަށައިފަ އެވެ. ނަމަވެސް ފަހުން އެކައުންޓު ވެސް ޕޯސްޓު ކުރުން ހުއްޓުނެވެ.

ގިނަ އަދަދެއްގެ ބަޔަކު ފޮލޯކުރަމުން އަންނަ އެ އެކައުންޓު ސަސްޕެންޑު ކޮށްފައިވަނީ 'އެކްސް’ގެ މިންގަނޑުތަކާ ހިލާފުވެގެންނެވެ. އެކަމަކު އެއީ ސީދާ ކޮން ކަމަކާ ގުޅިގެން ކަމެއް އެނގޭކަށް ނެތެވެ.

ކާކުކަން ނެގޭ ބަޔަކު ހިންގަ ކުރުސީ އެކައުންޓް ފާޅުވީ 2022 ވަނަ އަހަރުއެވެ. އެ އެކައުންޓު ހިންގަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަޑީގައި ހުންނަވައިގެން ކަމަށް ތުހުމަތުތަކެއް ކުރެވުނެވެ. އެމަނިކުފާނު ދިފާއުކޮށް، އެކައުންޓުން ޓްވީޓްވެސް ކުރެއެވެ. އެކަމަކު އެ ތުހުމަތުތަކުން ބަރިއަވެވަޑައިގެން ނަޝީދު، ފުލުހުން ގާތު އެދުނީ އެކައުންޓު ހިންގާ މީހުން ހޯދުމަށެވެ. ސިޔާސީ މީހުންގެ ޝަހުސިއްޔަތު ކަތިލަމުންދާ ކުރުސި އެކައުންޓު ހިންގާ ބަޔަކު ހޯދަން ކޯޓު އަމުރެއްވެސް ނެރުނެވެ.

މީގެ ކުރިންވެސް އެ އެކައުންޓް ސަސްޕެންޑްކުރިއެވެ. އެކަމަކު މާ ގިނަ އިރުތަކެއް ނުވެ އަލުން ބޭނުންކުރެވޭ ގޮތަށް ހެދިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *