6 ރަށެއްގައި ފުލުހުންގެ މަރުކަޒު އަޅާނެ ބަޔަކު ހޯދަން އިއުލާނު ކޮށްފި

6 ރަށެއްގައި ފުލުހުންގެ މަރުކަޒު އަޅާނެ ބަޔަކު ހޯދަން އިއުލާނު ކޮށްފި

ރާއްޖޭގެ އެކި ހިސާބުތަކުގައި ހިމެނޭ 6 ރަށެއްގައި ފުލުހުންގެ މަރުކަޒު އެޅުމަށްޓަކައި އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސްއިން މިއަދު އިއުލާނު ކޮށްފިއެވެ.

މިގޮތުން ފުލުހުންގެ މަރުކަޒު އެޅުމަށް ހަމަޖެހިފައިވަނީ ލ. މާވަށް، މ. މުލި، ރ. މަޑުއްވަރި، ށ. ފީވަށް، ތ. ތިމަރަފުށި އަދި ތ. ވޭމަންޑޫގައެވެ. މި މަޝްރޫޢުތަކުގެ ތެރެއިން މ. މުލި އަދި ތ. ވޭމަންޑޫގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 212,500 ރުފިޔާ ހުށަހަޅަން ޖެހޭއިރު، އެހެން ރަށްތަކުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 72,250 ރުފިޔާ ހުށަހަޅަންޖެހެއެވެ.

މީގެއިތުރުން، ހދ. ދިއްދޫ އަދި ހދ. ކުޅުދުއްފުށީގައި ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކް އެޅުމުގެ މަސައްކަތަށްވެސް ވަނީ އިޢުލާންކޮށްފައެވެ. މި މަޝްރޫޢުތަކަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހަޅަންޖެހޭނީ ބީލަން ޕޯޓަލް މެދުވެރިކޮށް 2025 ވަނަ އަހަރުގެ ޖުލައި 29 ވަނަ ދުވަހުގެ މެންދުރު 11:00 ގެ ކުރިންނެވެ. އަދި ބީލަން ހުޅުވުން އޮންނާނީ ޖުލައި 30 ވަނަ ދުވަހުގެ ހެނދުނު 10:00 ގައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުންގެ މަރުކަޒުތައް ޤާއިމު ކުރުމަކީ ސަރުކާރުގެ ޕޮލިސިންގ ސްޓްރެޓެޖީގެ މުހިންމު ބައެއްކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މި މަރުކަޒުތައް ޤާއިމުކުރުމުން ރަށްރަށުގެ ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *