މަހަށް ގޮސް އުޅުނު އުކުޅަހު ތިން ޒުވާނުން ހޮވި މާވަހަރު

15 ވަރަކަށް ކިލޯ ހުރި މާވަހަރެއް ހޮވައިފި

15 ވަރަކަށް ކިލޯ ހުރި މާވަހަރެއް ހޮވައިފި

ބަރުދަނުގައި 15 ވަރަކަށް ކިލޯ ހުރި ބޮޑު މާވަހަރެއް، އއ. އުކުޅަހު ޒުވާނުންތަކެއް ހޮވައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މާވަހަރު އެ ޒުވާނުން ހޮވީ ޑިންގީއެއްގައި މަހަށް ނުކުމެ އުޅުމުގެ ތެރޭގައި އއ. ތޮއްޑޫ ކައިރިންނެވެ. އެނގިފައިވާ ގޮތުގައި މިއީ ހުދަންބަރެކެވެ.

މަހަށް ގޮސް އުޅުނު ޑިންގީގައި މާވަހަރު ހޮވިއިރު ތިބީ އުކުޅަހު ތިން މީހުންނެވެ. ޑިންގީގައި ހުރި ޒުވާނަކު ބުނެފައި ވަނީ މާވަރުގެ ކަންކަން އެނގޭ މީހުން ކިޔައިދޭ ގޮތުގައި އެއީ ހުދަންބަރެއް ކަމަށެވެ. އެމީހުން މިހާރު ދަނީ މާވަހަރު ޓެސްޓްކޮށް، އޭތި ރަނގަޅު އަގެއްގައި ވިއްކާލެވޭނެ ގޮތެއް ހޯދަމުން ކަމަށްވެއެވެ.

ރާއްޖޭގެ އެކި ހިސާބު ތަކުން ދޭތެރެދޭތެރެއިން އެކި ސައިޒުގެ މާވަހަރު ފެންނަމުން ގޮސްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *