ތ. ވިލުފުށީގައި ތެޔޮ އުފުލާ ދެ ދޯންޏެއްގައި ރޯވެ ދެ މީހަކު ފިހިއްޖެ އެވެ.
އެ ރަށުން މައުލޫމާތު ދިން މީހަކު ބުނީ ރޯވެފައިވަނީ އެ ރަށު މީހެއްގެ އަމިއްލަ ތެޔޮ ދޯނި ތަކެއްގައި ކަމަށެވެ. ތެޔޮ ދޯނީގައި ރޯވިއިރު އެ ސަރަހައްދުގައި ހުރި އެ މީހާ ބުނީ ދެ ވަނަ ތެޔޮ ދޯނީގައި ރޯވެފައިވަނީ ފުރަތަމަ ދޯނީގައި ރޯވި އަލިފާނުގެ އަސަރުކޮށްގެން ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ހާދިސާގައި ފިހުނު ދެ މީހުންނަކީ ދެ ބިދޭސީންނެވެ. އެ ދެ މީހުންނަކީ އެ ދޯނީގައި މަސައްކަތް ކުރާ މީހުން ކަމަށްވެއެވެ.