ރާއްޖެއިން ބޭރު ވިޔަފާރިތަކަށް މަހަކު 45 މިލިއަން ޑޮލަރު ދައްކަންޖެހޭ، ޓޭމޫއަށް އެކަނި ހަތް މިލިއަން: ބީއެމްއެލް

ރާއްޖެއިން ބޭރު ވިޔަފާރިތަކަށް މަހަކު 45 މިލިއަން ޑޮލަރު ދައްކަންޖެހޭ، ޓޭމޫއަށް އެކަނި ހަތް މިލިއަން: ބީއެމްއެލް

ޓެމޫއިން އެކަނިވެސް މަހަކު ހަތް މިލިއަން ޑޮލަރުގެ ވިޔަފާރި ދިވެހީން ކުރާ ކަމަށް ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) އިން ބުނެފި އެވެ.

ޓެމޫއާއި އަދި ދިވެހީންގެ މެދުގައި މަގުބޫލު އެހެން އީ ކޮމާސް ޕްލެޓްފޯމުތައް ކަމަށްވާ ލަޒާޑާ, އަލީ އެކްސްޕްރެސް އަދި ޝެއިން ފަދަ ތަންތަނުން ކުރާ ވިޔަފާރިތަކުން މާދަމާއިން ފެށިގެން 30 ޕަސެންޓްގެ ފީއެއް ނަގަން ނިންމިކަން ބީއެމްްއެލްއިން އިއުލާންކުރީ މިއަދު އެވެ.

އެ ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެވަފައިވާ އިރު ބީއެމްއެލްއިން ވަނީ އެ ނިންމުން އެކްސްގައި ދިފާއުކޮށްފަ އެވެ.

އެގޮތުން ބޭރު ގައުމުތަކުން ކުރާ ވިޔަފާރިތަކަށް މަހަކު 45 މިލިއަން ޑޮލަރު ހޭދަކުރަން ޖެހޭކަމަށް ބީއެމްއެލްއިން ބުންޏެވެ.

އަދި އޭގެ ތެރެއިން 75 ޕަސެންޓް ފައިސާ ހޭދަކުރަނީ އޮންލައިން އީ ކޮމާސް ޕްލެޓްފޯމުތަކަަށް ކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ.

އެ ޕްލެޓްފޯމުތަކުގެ ތެރޭގައި ޝެއިން, ޓެމޫ, ލަޒާޑާ, އަލީ އެކްސްޕްރެސް, އީބޭ އަދި އަލީ ބާބާ ހިމެނޭއިރު ޓެމޫއިން އެކަނިވެސް ދިވެހީން މަހަކު ހަތް މިލިއަން ޑޮލަރުގެ ވިޔަފާރިކުރާ ކަމަށް ބީއެމްއެލްއިން ބުންޏެވެެ.

އެހެންވެ ފީއެއް ނަގަން ނިންމީ ގިނަ ބަޔަކަށް ހަމަހަމަ އުސޫލުން ހިދުމަތް ދިނުމުގެ ގޮތުން ކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ.

ޓެމޫފަދަ ޕްލެޓްފޯމުތަކުން ކުރާ ވިޔަފާރިތަކުން ފީ ނެގި ނަމަވެސް ޓިކެޓް ނެގުމަށާއި ހޮޓާ ބުކް ކުރުމާއި ސަބްސްކްރިޕްޝަން ފަދަ އާންމު ބޭނުންތަކަށް ފައިސާގެ މުއާމަލާތްކުރާ ސައިޓްތަކުން ކުރާ ވިޔަފާރިތަކުން ފީ ނުނަގާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

ރާއްޖޭން ބޭރުން މުދަލާއި ހިދުމަތަށް ފައިސާ ދެއްކޭ އަދަދު 500 ޑޮލަރަށް ވެސް މާދަމާއިން ފެށިގެން ބޮޑުކުރަނީ މިހާރު ނަގާ ފީ އިތުރުކުރުމަކާ ނުލާކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *