މިނިވަން ދުވަހާއި ގުޅިގެން ޖުލައި 28 ވެސް ބަންދު ކުރަން ނިންމައިފި

މިނިވަން ދުވަހާއި ގުޅިގެން ޖުލައި 28 ވެސް ބަންދު ކުރަން ނިންމައިފި

މި އަހަރުގެ މިނިވަން ދުވަހާއި ގުޅިގެން، 2025 ޖުލައި 28 ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.

ރައީސް އޮފީހުން ބުނީ މިގޮތަށް ނިންމީ، މި އަހަރަކީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ އަހަރު ކަމަށް ވުމާއެކު، މި އަހަރުގެ މިނިވަން ދުވަހާ ގުޅިގެން، ގިނަ ހަރަކާތް ތަކެއް ބޭއްވުމަށް ހަމަޖެހިފައިވާތީ އާއި، މިނިވަން ދުވަހުގެ މުނާސަބަތުގައި ބަންދުވާ 2025 ޖުލައި 27 ވާ އާދީއްތަ ދުވަހު ބާއްވާ ހަރަކާތްތަކުގެ އިތުރުން، ޖުލައި 28 ވާ ހޯމަ ދުވަހުގެ ޕުރޮގުރާމުގައިވެސް މުހިންމު ބައެއް ކަންކަން ހިމެނޭތީ ކަމަށެވެ.

2025 ޖުލައި 28 ވާ ހޯމަ ދުވަސް، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވަން ރައީސުލްޖުމްހޫރިއްޔާ ނިންމެވީ މިއަދުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *