މާލެ، މައްޗަންގޯޅީގައި ހުންނަ ގެއެއްގެ ދެ ވަނަ ފަންގިފިލައިން ވެއްޓުނު އަންހެނަކަށް ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެ މީހާ ވެއްޓިފައިވާ މައްސަލަ އެ އިދާރާއަށް ރިޕޯޓުކޮށްފައި ވަނީ ރޭ ފަތިހު 4 ޖަހާކަންހާއިރު ކަމަށެވެ. ވެއްޓުނީ އުމުރުން 42 އަހަރުގެ ދިވެހި އަންހެނެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި އެ އަންހެން މީހާއަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަ ކަމުގަ އެވެ.
އެ ހާދިސާގައި އަންހެން މީހާގެ ދެ ފައިގެ ކުޑަ ހުޅު ނެއްޓި، "އޯޕެން ފްރަކްޗާ" ވެ އަނިޔާވެފައިވާ ކަަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަންހެން މީހާ ވެއްޓުނު މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.