ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއް ފަސްޓް ލޭޑީ އުފައްދަވައިފި

ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއް ފަސްޓް ލޭޑީ އުފައްދަވައިފި

އިޖުތިމާއީ މައްސަލަތަކަށް ހައްލު ހޯދުމަށް ހާއްސަކޮށްގެން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އުފައްދަވައިފި އެވެ.

އެފަދަ ޖަމިއްޔާއެއް އުފައްދަވާފައިވާކަން އެކަމަނާ އިއުލާނު ކުރެއްވީ މެކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމްއެފްއެފްއެލްއައި) ގެ ހަތް ވަނަ ސަމިޓުގެ ކޮމެޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކައިގަ އެވެ.

އެ ބައްދަލުވުމުގައި މުހިންމު އިޖުތިމާއީ މައްސަލަތަކަށް އަލިއަޅުއްވާލައްވައި ފަސްޓް ލޭޑީ ވާހަކަ ދެއްކެވި އެވެ. އެގޮތުން ސައިބަ މަންސަތަކުގައި ކުޑަކުދިންނަށް އަމާޒުކޮށްގެން ހިންގާ ގަނާކުރުމުގެ އަމަލުތަކާއި ކުޑަކުދިންގެ އަދުލާއި ކުޑަކުދިން ގާނޫނާ ހިލާފުވާ މައްސަލަ އާ އަދި ކާބޯތަކެތީގެ ރައްކާތެރިކަން ފަދަ މައްސަލަތަކަށް ހައްލު ހޯދުމުގައި ހުރި ދަތިތަކާއި ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރެއްވި އެވެ.

ސައިބަ މަންސަތަކުގައި ކުޑަކުދިންނަށް އަމާޒުކޮށްގެން ހިންގާ ގަނާކުރުމުގެ އަމަލުތަކާ މެދު ވާހަކަ ދައްކަވަމުން ފަސްޓް ލޭޑީ ވަނީ އޮންލައިން މަންސަތަކުގައި ކުރާ މަލާމާތާއި ފުރައްސާރަ އަދި އެފަދަ މަންސަތަކުގައި ކުޑަކުދިންގެ ކިބައިން ނަހަމަ ފައިދާ ހޯދުމަށް އެ ކުދިންގެ މައްޗަށް ނުފޫޒު ފޯރުވުމަށް ހިންގާ އަމަލުތަކުގެ ގެއްލުންދެނިވި އަސަރުތަކުގެ މައްޗަށް ބައްލަވާލައްވާފަ އެވެ. އޭގެ އިތުރުން ސައިބަ މަންސަތަކުގައި ކުޑަކުދިންނަށް ގަނާކުރުމާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް ރާއްޖޭގައި ކުރަމުންދާ މަސައްކަތްތަކާއި ޑިޖިޓަލް ސިޓިޒަންޝިޕް ކުރިއެރުވުމުގެ މުހިންމުކަމާ މެދު އެކަމަނާ ވާހަކަ ދައްކަވާފައިވެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *