ފޭކް ސްލިޕް ފޮނުވި މަކުނުދޫ ޒުވާން އަންހެން ކުއްޖަކު ހޯދަނީ

ފޭކް ސްލިޕް ފޮނުވި މަކުނުދޫ ޒުވާން އަންހެން ކުއްޖަކު ހޯދަނީ

ވިޔަފާރި ކުރުމަށްފަހު ފޭކް ސްލިޕް ފޮނުވި 22 އަހަރުގެ ޒުވާން އަންހެން ކުއްޖަކު ފުލުހުން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ، ސައްޙަ ނޫން ސްލިޕް ފޮނުވައިގެން ހޯދަމުންދަނީ ފޮޓޯގައިވާ، ހދ. މަކުނުދޫ، ލުނބޯގަސްދޮށުގޭ އައިޝަތު މަލީހާ ކަމަށެވެ.

ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުން އަންނަ، މި މައްސަލައިގައި ހޯދަމުންދާ އަންހެން މީހާ އުޅޭ ވަކިތަނެއް އެނގިފައިނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ. އެހެންކަމުން މިމަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށް ހާޒިރުވުމަށްވެސް ފުލުހުން ވަނީ އާންމުކުރި އިއުލާނެއްގައި ބުނެފައެވެ.

އެކިތަންތަނުން ވިޔަފާރި ކުރުމަށްފަހު ފޭކް ސްލިޕް ފޮނުވުމަކީ ފަހަކަށް އައިސް ރާއްޖޭގައި އާންމު ކަމަކަށް ވަނީ ވެފައެވެ. ފޭކް ސްލިޕްގެ މައްސަލަ ބޮޑުކަމުން ވިޔަފާރިކުރާ ބަޔެއް ތަންތަނުން މިހާރު ޓްރާންސްފަރ ކުރުން ބަލައިވެސް ނުގަނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *