ނަޝީދުގެ ވިސްނުން 2028 ގައި ރައީސް ކަމަށް ކުރިމަތިލުމާއި ދިމާލަށް

ނަޝީދުގެ ވިސްނުން 2028 ގައި ރައީސް ކަމަށް ކުރިމަތިލުމާއި ދިމާލަށް

ކުރިޔަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ކަމަށް ވާދަކުރެއްވުމުގެ ޝައުގުވެރިކަން ހުންނެވިކަން ކުރީގެ ރައީސް މުޙަންމަދު ނަޝީދު ފާޅުކުރައްވައިފިއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި ވަނީ އެމްޑީޕީގެ ބަޔެއް އިސް މެމްބަރުންނަށް ކުރެއްވި މެސެޖެއްގައެވެ.  އެ މެސެޖުގައި ނަޝީދު ވިދާޅުވެފައި ވަނީ، އެކަމުގައި އެބޭފުޅުންގެ ޚިޔާލެއް ބޭނުންފުޅު ކަމަށެވެ. އަދި ކޮންމެ ގޮތަކަށް ޚިޔާލު ދެއްވިޔަސް އެންމެ ރަނގަޅު ކަމަށް ވިދާޅުވެފައިވާ ކަމަށްވެއެވެ.

2028 ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ވިސްނުންފުޅު ފުރަތަމަ ފަހަރަށް ނަޝީދު ފާޅުކުރެއްވިއިރު، ދާދިފަހުން އެމަނިކުފާނު ވަނީ ޑިމޮކްރެކްޓްސް އިން އެމްޑީޕީއާ އަލުން ގުޅުމުގެ ވިސްނުންފުޅުވެސް ހާމަ ކުރައްވާފައެވެ. ނަމަވެސް އެ ވިސްނުންފުޅާ އެމްޑީޕީގެ ގިނަ މެމްބަރުން ދެކޮޅު ހެދިތަން ފެނުނެވެ.

ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމުގެ ވިސްނުންފުޅު ނަޝީދު ފާޅުކުރެއްވިއިރު، މިވަގުތު އެމަނިކުފާނު ހުންނެވީ ޑިމޮކްރެޓްސްގައެވެ. މިދިޔަ ރިޔާސީ އިންތިޚާބުގައިވެސް އެމަނިކުފާނު ވަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާފައެވެ. ނަމަވެސް ޓިކެޓް ހޯއްދެވީ އޭރުގެ ރައީސް އިބްރާހީމް މުޙަންމަދު ސޯލިހެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *