ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަނުކުރުން މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި

ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަނުކުރުން މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި

ސުޕްރީމްކޯޓުގެ ދެ ފަނޑިޔާރުކަމުގެ މަގާމަށް ބޭފުޅުން އައްޔަނުކުރުމުގެ މައްސަލަ މާދަމާ ފަށާ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

މާދަމާގެ ޖަލްސާގެ އެޖެންޑާގައި ބުނެފައިވާ ގޮތުން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މަގާމަށް އައްޔަނުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ހުށަހެޅުއްވި ނަންތަކާމެދު ގޮތެއް ނިންމުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާނެ އެވެ.

ސުޕްރީމް ކޯޓަށް އައްޔަނުކުރާ ފަނޑިޔާރުންގެ މައްސަލަ އެޖެންޑާކުރި އިރު އެ ކޯޓުގެ ފަނޑިޔާރު ކަމަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމް އާއި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އައްޔަން ކުރުމަށް ރައީސް މުހައްމަދު މުއިއްޒަށް ލަފާ ދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް މިދިޔަ އަންގާރަ ދުވަހު އޮތީ ނިންމައިފި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *