މާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓު ދީފި

މާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓު ދީފި

މާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓު ދީފި ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ސްޓެލްކޯއިން ދެންމެ ބުނީ މާލޭގެ އިތުރުން ހުޅުމާލެ ރުއްގަނޑު އެކެއް ސަރަހައްދުގަ ބަހައްޓާފައިވާ ޓްރާންސްފޯމާ އެއް ފިޔަވާ އެހެން ހުރިހާ ޓްރާންސްފޯމާއެއް މިހާރު ވަނީ އެނަޖައިޒް ކޮށްފައި ކަމަށެވެ.

"މި ދެންނެވި ޓްރާންސްފޯމާ ހުރި ސަރަހައްދު ފިޔަވާ އެހެން ސަރަހައްދުތަކުގަ ކަރަންޓު ނުލިބޭ ކަސްޓަމާއެއް ހުރިނަމަ އަޅުގަނޑުމެންގެ އެމެޖެންސީ ނަންބަރު 104 އަށް ގުޅުއްވުން އެދެން" ސްޓެލްކޯއިން ބުންޏެވެ.

ކަރަންޓު ކެނޑުނު މައްސަލަ އާ ގުޅިގެން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެމުން ސްޓެލްކޯއިން ބުނީ މާލޭގެ 60 އިންސައްތަ އަދި ހުޅުމާލޭގެ 78 އިންސައްތައަށް ކަރަންޓު ދެވިފައިވާ ކަމަށެވެ. މާލެއަށް ކަރަންޓު ދިނުމަށް ހުޅުމާލެ އިންޖީނުތައް ހިންގުމަށް ފަހު، ބްރިޖުން އަޅާފައިވާ އިންޓަކަނެކްޝަން ކޭބަލްތައް އެނަޖައިޒް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ މަސައްކަތް ފުރިހަމަ ކުރެވެމުން މާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓު ފޯރުކޮށްދެވޭނެ ކަމަށެވެ. މިހާރު ހުޅުމާލޭގެ ފޭސް އެކެއްހެ ހުރިހާ ސަރަހައްދުތަކަކަށް ކަރަންޓު ލިބޭނެ ކަމަށާއި ފޭސް ދޭއްގެ ހިޔާ ޓަވަރު އެކަކުން އަށަކާ ދެމެދާ އަދި ވިނަރެސްގެ ޓަވަރުތައް ފިޔަވައި އެހެން ސަރަހައްދުތަކަށް ހިދުމަތް ލިބޭނެކަން ކަމަށެވެ. އެ ތަންތަނަށް ކަރަންޓު ދެވޭނީ ހުޅުމާލެ ގްރިޑުގައި ހިމެނޭ 132 ނެޓްވޯކް އެނަޖައިޒްކޮށްގެން ކަމުގައި ފާހަގަކުރި އެވެ.

"132 ނެޓްވޯކް އެނަޖައިޒް ކުރުމުގެ މަސައްކަތް އިންޖިނިއަރުން ފަށައިގެން ކުރިއަށް އެ ގެންދަނީ. ކުރިއަށް އޮތް 45 މިނެޓު ތެރޭގައި އަޅުގަނޑުމެންނަށް މަސައްކަތް ނިންމާލެވޭނެ. އިރުއޮއްސުމުގެ ކުރިން ކަރަންޓު އެއްކޮށް ރީސްޓޯ ކުރެވޭނެ،" ސްޓެލްކޯއިން ބުންޏެވެ.

ކަރަންޓު ކެނޑެން މެދުވެރިވި ސަބަބާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލާ ގުޅިގެން ސްޓެލްކޯއިން ބުނި ގޮތުގައި މައްސަލަ މެދުވެރިވީ ހުޅުމާލެ އާއި މާލެ އާ ދެމެދު އަޅާފައިވާ އިންޓަކަނެކްޝަން ކެނޑުމުން ކަމުގަ އެވެ. އެކަމުގެ ސަބަބުން މާލެއިން ހުޅުމާލެއަށް ކަރަންޓު ދެވޭވަރުގެ ކެޕޭސިޓީ ނެތުމާ ވެސް އެކު ކަރަންޓު ދިޔައީ ކަމުގަ އެވެ.

މައްސަލަ ދިމާވުމާ އެކު ބެލީ ވީހާވެސް އަވަަހަކަށް ހިދުމަތް އަލުން ފޯރުކޮށްދިނުމަށް ކަމުގަ އެވެ. އެގޮތުން ހުޅުމާލޭގައި މިވަގުތު ހިންގެން ހުރި ހުރިހާ އިންޖީނަކާއި މާލޭގައި މިވަގުތު މެެއިންޓެނަންސްއަށް ހުރި އިންޖީނުތައް ފިޔަވައި އެހެން އިންޖީނުތައް ހިންގާފައިވާ ކަރަންޓު ދޭން ފަށާފައިވާ ކަމުގަ އެވެ.

"އިތުރަށް ބޭނުންވާ ކަރަންޓު ހޯދަން ހުޅުމާލެއިން މިކޮޅަށް ފީޑްކޮށްގެން ނޫނިއްޔާމުން ނުވާތީ. ދެން އަނެއްކާ ފޭސް ޓޫ ގެ 132 ގްރިޑް އެނަޖައިޒްކޮށްގެން ނޫނިއްޔާމުން އެކަން ނުކުރެވޭނެތީ މިވަގުތު އިތުރަށް ކަރަންޓު ނުދެވި ހުރި ތަންތަނަށް ނުދެވި ހުރީ،" ސްޓެލްކޯއިން ބުންނެވެ.

ސްޓެލްކޯއިން ބުނީ މިފަދަ ބޮޑު "ފުލް ބްލެކް އައުޓް" އެއް އައުމުން އެ ކުންފުނިން ބޭނުން ކުރަމުންދާ ސްކާޑާ ސިސްޓަމަށް މާލޭގައި ހުރި ގާތްގަނޑަކަށް 123 ސަބްސްޓޭޝަންތަކުންނާއި ހުޅުމާލޭގައި ހުންނަ 130 ސަބްސްޓޭޝަނުން ވަރަށް ބައިވަރު އެލާމްތަކެއް އަންނާނެ ކަމަށެވެ.

"އެހެންވީމާ އެގްޒެކްޓްލީ އެ ޑައިގްނޯސްޓިކް މަސައްކަތް އަޅުގަނޑުމެން ޖެހޭނީ ސިސްޓަމް އެނަޖައިޒްކޮށް ނިންމާފައި، ސިސްޓަމްތަކުގައި ހުރި އެލާމްތައް ރިސެޓް ކުރެވޭ ހުރިހާ އެލާމްތަކެއް ރިސެޓްކޮށްފައި އެނަޖައިޒް ކުރުމުގެ މަސައްކަތް ފެށީ،" ސްޓެލްކޯއިން ބުންޏެވެ.

ސްޓެލްކޯއިން ބުނި ގޮތުގައި މިވަގުތަކީ މައްސަލައިގެ "ރޫޓު ކޯސް" އަށް ދާންވީ ވަގުތު ނޫން ކަމުގަ އެވެ. ކުންފުނީގެ މިވަގުތުގެ އަމާޒަކީ ކަރަންޓުގެ ހިދުމަތް އަލުން ފޯރުކޮށްދޭން ފެށުން ކަމުގަ އެވެ. އެގޮތުން މާލެ އާއި ހުޅުމާލެ އާ ދެމެދު އަޅާފައިވާ ކޭބަލްތަކުގެ ތެރެއިން އެއް ކޭބަލް އެނަޖައިޒްކޮށްފައިވާ ކަމުގަ އެވެ. މިހާރު މަސައްކަތް ކުރަމުން ދަނީ ދެ ވަނަ ކޭބަލް އެނަޖައިޒްކުރުމަށް ކަމުގަ އެވެ.

"ދެން އަޅުގަނޑުމެން ފަށާނީ ހުޅުމާލެ ފޭސް ވަން އިން ހުޅުމާލެ ފޭސް ޓޫއަށް ދިޔަ ކޭބަލްތައް އެނަޖައިޒްކުރަން. މިއީ މަރުހަލާތަކަކަށް ހިނގާ ކަންތައްތަކެއް. އަޅުގަނޑުމެންނަށް ކުއްލިއަކަށް ހުރިހާ އެއްޗެއް އެނަޖައިޒްއެއް ނުއެއް ކުރެވޭނެ. އަޅުގަނޑުމެންގެ ރިލޭޓިވް މި ޕަވަ ސިސްޓަމަކީ ކުޑަ ސިސްޓަމެއް،" ސްޓެލްކޯއިން ބުންޏެވެ.

މިހާތަނަށް ބެލި ބެލުމުން ގްރިޑުގެ ބޮޑު މައްސަލައެއް ފާހަަގަވެފައި ނެތް ނަމަވެސް ކޮންޓްރޯލް ސިސްޓަމާއި މުޅި ގްރިޑް ބެލުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށާއި އެކަން ފުރިހަމަވުމުން ކަމާ ގުޅޭ އަޕްޑޭޓް ހިއްސާ ކުރާނެކަން ސްޓެލްކޯއިން ފާހަގަކުރި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *