އީދު ޗުއްޓީ މިފަހަރު ދިގެއް ނުވާނެ

އީދު ޗުއްޓީ މިފަހަރު ދިގެއް ނުވާނެ

ކުރިއަށް އޮތް އަޝްހާ އީދުގެ މުނާސަބަތުގައި އިތުރު ދުވަސްތަކެއް ބަންދުނުކުރާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

އެކަން ހާމަކޮށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ވިދާޅުވީ ހައްޖު ދުވަހަކީ ޖޫން މަހުގެ 5 ވަނަ ދުވަސް ކަމަށް ސައުދީން ނިންމާފައިވާތީ މިހާރު ވެސް ކަލަންޑަރުގައި ބަންދު ކަމަށް ކަނޑައަޅާފައިވާ ދުވަސްތައް ފިޔަވައި އިތުރު ދުވަހެއް ބަންދު ނުކުރަން ނިންމާފައިވާ ކަމަށެވެ.

މި އަހަރުގެ ކަލަންޑަރުގައިވާ ގޮތުން އީދަށް ބަންދަށް ލިބޭނީ 2 ދުވަހެވެ. އެއީ ޖޫން މަހުގެ 8 އަދި 8 ވަނަ ދުވަހެވެ.

އެ ހަފްތާގެ އަންގާރަ ދުވަހު ސަރުކާރުގެ އޮފީސްތައް ހުޅުވާނެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *