ރޭ ބުރިޖުގައި ހިނގި އެކްސިޑެންޓުގައި އެކަކަށް ސީރިއަސް އަނިޔާ ތަކެއް

ރޭ ބުރިޖުގައި ހިނގި އެކްސިޑެންޓުގައި އެކަކަށް ސީރިއަސް އަނިޔާ ތަކެއް

ސިނަމާލެ ބުރިޖުގައި ރޭ ކައިރި ކައިރީގައި ހިނގި ދެ އެކްސިޑެންޓުގައި އެކަކަށް ބޮޑެތި އަނިޔާ ތަކެއް ވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ މި އެކްސިޑެންޓުގައި އަނިޔާވި އެކެއްގެ ފައިގެ ފަލަމަސްގަނޑަށް ވަރަށް ބޮޑަށް އަނިޔާ ވެފައިވާ ކަމަށެވެ. މި އެކްސިޑެންޓް ހިނގަން މެދުވެރިވީ މާލެއިން ހުޅުމާލެކޮޅަށް ދުއްވަމުން ދިޔަ ކާރަށް އިމަޖެންސީ މައްސަލައެއް ދިމާވެގެން ހަތަރު ސިގްނަލް ޖައްސައިގެން ބުރިޖު މަތީގައި މަޑުކޮށްގެން އޮތް ކާރެއްގެ ފަހަތުން އައި ދެ ސައިކަލު ޖެހިގެންނެވެ. މި ދެ ސައިކަލު ވަނީ ކާރުގައިވެސް ޖެހިފައެވެ. އެއީ ރޭ 9:45 ހާއިރެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނިކޮށް ހަމަ ކުޑަވަގުތުކޮޅެއްގައި އެހެން ކާރެއްގައިވެސް ސައިކަލުން ވަނީ ޖެހި އެކްސިޑެންޓް ހިނގާފައެވެ. އެކްސިޑެންޓުގައި އަނިޔާވި މީހުން ލަހެއްނުވެ އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންދެވުނެވެ.

ރޭ ހިނގި ދެ އެކްސިޑެންޓާއި ގުޅިގެން މާލެއިން ހުޅުމާލެ ކޮޅަށް ބުރިޖުން ދާ ލޭނުގައި ޓްރެފިކް ބޮޑުވެ، ގާތްގަނޑަކަށް 45 މިނިޓެއްހާއިރު އެ ލޭނު ބަންދުވެފައިވެސް އޮންނަން ޖެހުނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *