ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކޮށްދޭނެ ކަމުގެ ޔަގީންކަނާއި ފުޑް ސެކިއުރެޓީ ކަށަވަރުކޮށްދޭނެކަމުގެ ޔަގީންކަން ޔޫއޭއީން ދީފި

ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކޮށްދޭނެ ކަމުގެ ޔަގީންކަނާއި ފުޑް ސެކިއުރެޓީ ކަށަވަރުކޮށްދޭނެކަމުގެ ޔަގީންކަން ޔޫއޭއީން ދީފި

ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކޮށްދޭނެ ކަމުގެ ޔަގީންކަނާއި ފުޑް ސެކިއުރެޓީ ކަށަވަރުކޮށްދޭނެކަމުގެ ޔަގީންކަން ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)ން ދީފި އެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އުމް އަލް ގުވައިންގެ ޑެޕިއުޓީ ރޫލާ ހިޒް ހައިނަސް ޝައިހް އަބްދުﷲ ބިން ރާޝިދު އަލްމުއައްލާ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ  އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް މިއަދު ވަނީ ކުރައްވައިފަ އެވެ.

ރައީސް އޮފީހުން މިރޭ ބުނީ ރައީސްވަނީ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމްއައިއެފްސީ)އާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުމަށްޓަކައި ޝުކުރުވެރިވެވަޑައިގަންނަވާކަން ހާމަކުރައްވައިފައިވާ ކަމަށެވެ. އަދި ދެ ފަރާތުގެ މަސްލަޙަތު ހިމެނޭ ދާއިރާތަކުން އެކުގައި މަސައްކަތްކުރުމުގެ ޝައުގުހުރިކަން އެ މަނިކުފާނު ފާހަގަކުރެއްވި ކަމަށް އެ އޮފީހުން ބުންޏެވެ. .

ރައީސް އޮފީހުން ބުނި ގޮތުގައި އެ ބައްދަލުވުމުގައި ޝައިޚް އަބްދުﷲ ވަނީ، ކުރިއަށްއޮތް ދުވަސްތަކުގައި ވެސް، ރާއްޖޭގައި އިންވެސްޓުކުރާނެ ކަމުގެ ޔަގިންކަން ދެއްވާފައެވެ.

މީގެ އިތުރުން ރާއްޖޭގައި ފުޑް ސެކިއުރިޓީ އިތުރުކުރުމަށާއި، ފޮސިލް ފިއުލްއަށް ބަރޯސާވުން ކުޑަކުރުމަށާއި، ދަނޑުވެރިކަން ކުރިއަރުވައި، ދިގުމުއްދަތުގައި ހަމަޖެހުމާއި ތަރައްގީ ކަށަވަރުކުރުމަށް ބޭނުންވާ ބިނާރު ތަރައްގީކުރުމުގެ މަސައްކަތްތަކުގައި އެއްބާރުލުން ދޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި ކަމަށް އެ އޮފީހުން ބުންޏެވެ. އަދި ރާއްޖޭގެ ކްރެޑިޓް ރޭޓިން ރަނގަޅުކުރުމަށް ކުރާ މަސައްކަތުގައި އެހީތެރިވެދެއްވުމަށް ޝައުގުވެރިކަން އެބަހުރިކަން ޝައިޚް އަބްދުﷲ ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *