ވެރިންގެ މައްސަލައެއް ނެތް، މައްސަލައަކީ ރިޔާސީ ނިޒާމު: ނަޝީދު

ވެރިންގެ މައްސަލައެއް ނެތް، މައްސަލައަކީ ރިޔާސީ ނިޒާމު: ނަޝީދު

 

ރާއްޖޭގެ ވަރަށްގިނަ ނުރަނގަޅު ކަންތައްތަކުގެ އަސްލަކީ، ރާއްޖޭގައި ވެރިކަން ކުރަމުން ގެންދާ، ރިޔާސީ ނިޒާމު ކަމަށް ކުރީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނުގެ ޓްވީޓްގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ، ރާއްޖޭގައ ނުރަނގަޅު ކަންކަން ހިނގަނީ ވަކި ވެރިއެއްގެ ސަބަބުން ނޫން ކަމަށެވެ.

އަދި "ޕާލަމެންޓްރީ ނިޒާމް އާއި ޕްރިފަރެންޝަން (ގިނަ ވޯޓުދެވޭ) ވޯޓިން އަށް ބަދަލު ވެއްޖެނަމަ އެތައްކަމެއް އިސްލާހު ވާނެކަމަށް ދެކެން،" ރައީސް ނަޝީދުގެ ޓްވީޓުގައި ވިދާޅުވިއެވެ.

ނަޝީދަކީ ތަކުރާތުކޮށް، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރެއްވުމަށް ތާއީދު ކުރައްވައިގެން މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

އެމަނިކުފާނު އެމްޑީޕީގައި ހުންނެވިއިރު، މިދިޔަ ރިޔާސީ އިންތިހާބަށް ދިމާކޮށް، އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނާ ދެމެދު ޖެހުނު އެންމެ ބޮޑު އެއް މައްސަލައަކީވެސް ރާއޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަނީ ނިޒާމައް ބަދަލު ކުރެއްވުމަށް ނަޝީދު ކުރެއްވި މަސައްކަތުގެ ސަބަބުން ޖެހުނު މައްސަލައެއްކަންވެސް ފާހަގަ ކޮށްލެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *