މޭޑޭ މުޒާހަރާ ރޫޅާލަން ބާރުގެ ބޭނުންކުރީ ނަހަމަ ގޮތުގައި، އެއީ އެއްވެ އުޅުމުގެ ހައްގަށް އަަރައިގަތުމުގެ އަމަލެއް: ޝާހިދު

މޭޑޭ މުޒާހަރާ ރޫޅާލަން ބާރުގެ ބޭނުންކުރީ ނަހަމަ ގޮތުގައި، އެއީ އެއްވެ އުޅުމުގެ ހައްގަށް އަަރައިގަތުމުގެ އަމަލެއް: ޝާހިދު

މަސައްކަތްތެރިންގެ ހައްގު ހޯދުމަށް ގޮވާލާއި އެމްޑީޕީން އިއްޔެ ބޭއްވި މުޒާހަރާ ރޫޅާލުމަށް ފުލުހުން ވަނީ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފާފައިވާ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މޭޑޭ މުޒާހަރާގައި އެކި ދާއިރާތަކުގެ ޔޫނިއަންތަކާއި އެސޯސިއޭޝަންތަކުން ބައިވެރިވި އެވެ. އޭގެތެރޭގައި ޑްރައިވާސް އެސޯސިއޭޝަން، ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އަދި ޕޯޓް ވޯކާސް ޔޫނިއަންވެސް ހިމެނެ އެވެ.

މި މުޒާހަރާ ރާވާފައި އޮތީ ރަސްފަންނު ސަރަހައްދުން ފަށައި، މަޖީދީ މަގުން އިރަށް ހިނގައި އާޓިފިޝަލް ބީޗަށް ނިންމާލާ ގޮތަށެވެ. ނަމަވެސް، ފުލުހުން އައިސް ވަނީ ބޮޑުތަކުރުފާނު މަގާއި މަޖީދީ މަގު ގުޅޭ ހިސާބުގައި ބެރިކޭޑު ޖަހައި ރެލީއަށް ހުރަސް އަޅާފަ އެވެ.

އެކަމާ ގުޅިގެން ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުޒާހަރާކުރުމާއި، އެއްވެ އުޅުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގެއް ނަމަވެސް އިއްޔެ ފެނިގެން ދިޔައީ ސަރުކާރުން އެ ހައްގަށް ވެސް އަރައިގަތް މަންޒަރު ކަމަށެވެ.

ޝާހިދު ވިދާޅުވީ ފުލުހުން އަމަލު ކުރަންވާނީ އެ މީހުންގެ ގާނޫނީ ހުވަޔާއި އެއްގޮތަށް ކަމަށާއި ފުލުހުންނަކީ ސަރުކާރުގެ މަގާމުތަކުގައި ތިބި މީހުން އަމުރަށް މަސައްކަތްކުރާ ބަޔަކަށް ވެގެންނުވާނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *