ބައެއް ވަޒީރުން ސައިޒަށް ތިރިނުވާނަމަ ހަފޮޅުން ބޭރުކޮށްލާނެ: އައްބާސް

ބައެއް ވަޒީރުން ސައިޒަށް ތިރިނުވާނަމަ ހަފޮޅުން ބޭރުކޮށްލާނެ: އައްބާސް

ސަރުކާރުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އިހުތިރާމް ނުކުރާ ކަމަށާއި އެ ވަޒީރުން "ސައިޒަށް ތިރިވާން" ވެލިދޫ ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު އައްބާސް މިއަދު ގޮވައިލައްވައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަަވަމުން އައްބާސް ވިދާޅުވީ ބައެއް ވަޒީރުން މިހާރު މެންބަރުން ގުޅުމުން ފޯނަށް ޖަވާބުވެސް ނުދެއްވާ ކަމަށެވެ. އަދި މެންބަރުންގެ ސުވާލު ތަކަށް ޖަވާބު ދެއްވުމަށް މަޖިލީހަށް ވެސް ހާޒިރުވެވަޑައިނުގަންނަވާ ކަމަށެވެ.

"ވަޒީރުންނަކީ މިއަދު ވަޒީރުންގެ ޓައި އަޅުއްވައިގެން އުޅުއްވި ކަމުގައިވިޔަސް އަދި ދިދަ ޖެހި ކާރުކޮޅުގައި އުޅުއްވި ކަމުގައިވިޔަސް ވަޒީރުން އެބަޖެހޭ ތަންކޮޅެއް ބޮޑަށް ސައިޒު ވެލަން، ތިމާމެން މާދަމާ ވަޒީރު ކަމުގައި ނުހުރެދާނެ ކަމާއި ވަޒީރުކަމާ ހަވާލުކޮށް މަތިކޮށްފައިވާ ޒިންމާ އަދާ ނުކޮށްފިނަމަ، ވަޒީރުން ގެއަށް ފޮނުވައިލަފާނެކަމާ މިކަންކަން އެބަޖެހޭ ވަޒީރުން ވަރަށް ބޮޑަށް ވިސްނަން އިއްޒަތްތެރި ރައީސް،" އައްބާސް ވިދާޅުވި އެވެ.

"ބައެއް ވަޒީރުން އެ ބޭފުޅުންނަކީ މާމަތީ ބައެއް ކަމަށް، މާބޮޑު އަބުރަކާއި އިއްޒަތަކާއި ގަދަރުވެރިކަމަކާއި ޝަރަފަކާއި ޖާހަތަކާ ލިބިގަނެގެން އުޅޭ ބައެއް ކަމަށް ހެދިގަނެގެން އުޅެނީ އިއްޒަތްތެރި ރައީސް، އެހެނެއް އެކަން ވެގެން ނުވާނެ،" އައްބާސް ވިދާޅުވި އެވެ.

"ވެރިކަން ކުރާ ޕާޓީންވެސް ވަކި ވަރަކަށް އެ ވަޒީރަކު ހިމާޔަތް ކުރާނީ، ކެތް ނުވާވަރު ވީމާ ހަފޮޅުން ބޭރުކޮށްލާނެ އިއްޒަަތްތެރި ރައީސް." އައްބާސް ވިދާޅުވިއެވެ.

އައްބާސް ވިދާޅުވީ ވަޒީރުން، މަޖިލީހުގެ މަސައްކަތްތައް އެއްބާރުލުން ނުދިނުމުގެ ސަބަބުން މަޖިލީހުގެ މަސައްކަތް ހުއްޓިފައިވާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *