ކައިވެނީގެ ނަމުގައި 13 އަހަރުގެ ކުއްޖަކު ރޭޕުކުރިކަން ސާބިތުވެ ހައްމާދު 14 އަހަރަށް ޖަލަށް

ކައިވެނީގެ ނަމުގައި 13 އަހަރުގެ ކުއްޖަކު ރޭޕުކުރިކަން ސާބިތުވެ ހައްމާދު 14 އަހަރަށް ޖަލަށް

ކައިވެނީގެ ނަމުގައި 12 އަހަރުގެ ކުއްޖަކު ރޭޕްކޮށް، 13 އަހަރުގައި އެ އަންހެން ކުއްޖާ ވިހެއި މައްސަލައިގައި ތުހުމަތު ކުރެވޭ އިސްމާއިލް ހައްމާދުގެ މައްޗަށް 14 އަހަރުގެ ޖަލު ހުކުމެއް ކުރިމިނަލް ކޯޓުން މިއަދު އިއްވައިފިއެވެ.

ރ. މަޑުއްވަރީގައި 12 އަހަރުގެ އަންހެން ކުއްޖަކާ ކޯޓުން ބޭރުގައި ކައިވެނީގެ ނަމުގައި ގުޅި އަދި ޖިންސީ ގުޅުން ހިންގުމަށް ފަހު އެ ކުއްޖާ ނޮވެމްބަރު 2018 ގައި ވިހެއި މައްސަލަ ފެންމަތިވީ ދީނީ ޚިޔާލު ތަފާތުވުން ތަކެއްގައި ހައްމާދު މަރާލަން ބަޔަކު ހަމަލާދިން މައްސަލައެއް ތަހުގީގު ކުރަމުން ދަނިކޮށް 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ.

ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގެ ރައުޔުގައި ވަނީ ދައުލަތުން ހުށަހަޅާފައިވާ، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާ ހައްމާދުގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލު ތަކަށް އަމަލު ކުރުމުގެ ޤާނޫނުގައިވާ ގޮތުން އެ ކުށުގެ އަދަބަކީ 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ކުރިމިނަލް ކޯޓުން ހައްމާދުގެ މައްޗަށް ކޮށްފައި ވަނީ އެންމެ ބޮޑު އަދަބު ކަމުގައިވާ 14 އަހަރަށް ޖަލަށް ލުމުގެ ހުކުމެވެ. އޭނާ ބަންދުގައި ހޭދަކޮށްފައިވާ މުއްދަތު އުނިކުރުމަށް ފަހު ތަންފީޒު ކުރަންޖޭ ޖަލު އަދަބަކީ 9 އަހަރާއި 4 މަހާއި 15 ދުވަސް ކަމަށް ހުކުމުގައި ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *