ޒިނޭކުރި ދެމީހަކު ހައްދު ޖަހަން ހުކުމް ކޮށްފި

ޒިނޭކުރި ދެމީހަކު ހައްދު ޖަހަން ހުކުމް ކޮށްފި

ޒިނޭ ކުރިކަން ސާބިތުވި ދެމީހަލި ހައްދު ޖަހަން ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

އެ ދެމީހުންގެ ތެރެއިން އަންހެންމީހާ އަކީ ހ.ބެންކޮކް، މަރްޔަމް ހަނާއެވެ. ފިރިހެން މީހާއަކީ މ.ގްރީންފިޝް، އަހްމަދު މާއިޝް މުހައްމަދެވެ.

މި ދެމީހުންގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރި ހުކުމްގައި ވަނީ، ޒިނޭ ކުރުމުގެ ކުށުން އެ ދެމީހުން ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅާ ކަމަށެވެ.

އެހެން ކަމުން ޤާނޫނުލްއުޤޫބާތުގެ ދަށުންނާއި އެމީހުންގެ އިއުތިރާފުގެ އެއްބަސްވުން ބަލައިގަތުމަށް ނިންމާފައި ވާތީ، ޖިނާއީ އިޖުރާއަތު ޤާނޫނަށް ރިއާޔަތްކޮށް، އެއްބަސްވުމުގައިވާ ގޮތުގެ މަތިން މަރްޔަމް ހަނާ އާއި އަހްމަދު މާއިޝް މުހައްމަދު، 100 އެތިފަހަރުން ޖަލްދު ކުރުމަށާއި، ދެ މަހާއި 12 ދުވަހުގެ މުއްދަތަށް ގޭބަންދު ކުރުމަށް ކަނޑައަޅައި، ހުކުމްކުރާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *