ޖޭއެސްސީގެ ރައީސްގެ ކަމަށް މެންބަރު ރިޒާ އިންތިޚާބު ކޮށްފި

ޖޭއެސްސީގެ ރައީސްގެ ކަމަށް މެންބަރު ރިޒާ އިންތިޚާބު ކޮށްފި

ޖޭއެސްސީގެ ރައީސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފުށީ ދާއިރާގެ މެމްބަރު ރިޒާ އިންތިޚާބު ކޮށްފިއެވެ.

ޖޭއެސްސީގެ ރައީސާއި ނައިބު ރައީސް އިންތިހާބު ކުރާނީ އެ ކޮމިޝަންގެ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. ޖޭއެސްސީ އަކީ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކާއި ފަނޑިޔާރުންނަށް ޕްރޮމޯޝަން ދިނުމާއި ފަނޑިޔާރު ކަމަށް ބޭފުޅުން އައްޔަން ކުރުމުގެ ކަންކަން ކުރާ މުއައްސަސާއެވެ.

ރައީސް ކަމަށް އިންތިޚާބުވި، ރިޒާއަކީ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖޭއެސްސީއަށް ކަނޑައަޅާފައި ހުންނަވާ މެމްބަރެވެ.

ރިޒާގެ އިތުރުން ޖޭއެސްސީގައި ތިއްބަވާ މެންބަރުން:

1- ރައްޔިތުންގެ މަޖިލީހުގެ ރައީސް (އަބްދުއްރަހީމް އަބްދުﷲ)

2- މަޖިލީހުން ކަނޑައަޅާ އާންމު މީހެއް (ކުރީގެ މަޖިލީހުން ކަނޑައެޅި ޑރ. އުލްމުކުލްސޫމް)

3- ސިވިލް ސާވިސް ކޮމިޝަންގެ ރައީސް (މުހައްމަދު ނާސިހު)

4- ބަންޑާރަ ނައިބު (އަހުމަދު އުޝާމް)

5- ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ވަކީލެއް (މުހައްމަދު ސަމީރު)

6- ވަކީލުން އިންތިހާބުކުރާ ވަކީލެއް (އަލީ އަބްދުއްލަތީފް)

7- ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް (ފަނޑިޔާރު ހުސްނުއްސުއޫދު)

8- ހައި ކޯޓުގެ ފަނޑިޔާރެއް (ފަނޑިޔާރު މުހައްމަދު ނިޔާޒު)

9- ދަށު ކޯޓުތަކުން ފަނޑިޔާރެއް (ފަނޑިޔާރު އަލީ ޝަރީފް)

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *