ޔާމީނަށް ހުކުމް ކުރުން ބުރާސްފަތި ދުވަހަށް އެޖެންޑާ ކޮށްފި

ޔާމީނަށް ހުކުމް ކުރުން ބުރާސްފަތި ދުވަހަށް އެޖެންޑާ ކޮށްފި

ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ އިސްތިއުނާފުގެ ޝަރީއަތުގެ ހުކުމް އަންނަ ބުރާސްފަތި ދުވަހަށް ތާވަލް ކޮށްފިއެވެ.
ހައިކޯޓުން މިއަދު ބުނީ ރައީސް ޔާމީންގެ ފަރާތްޕުޅުން އެ ކޯޓުގައި އިސްތިއުނާފު ކުރައްވާފައިވާ މައްސަލައިގެ ހުކުމް ކުރުން، ބުރާސްފަތި ދުވަހު މެންދުރަށް ތާވަލު ކޮށްފައިވާ ކަމަށެވެ. ނަމަވެސް ކޮން ގަޑިއެއްކަމެއް ކޯޓަކުން ނުބުނެއެވެ.
އެ މައްސަލައިގެ ހުކުން އިއްވުން ހައިކޯޓުގައި ތާވަލް ކޮށްފައި މިވަނީ، އެ މައްސަލައިގެ ޝަރީއަތް ލަސްވަމުންދާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅާފައި ވަނިކޮށެވެ.
ޔާމީން މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ހައިކޯޓުގައި ބާއްވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ. އެއީ އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލުމަށް ބޭއްވި އަޑުއެހުމެކެވެ.
އެ އަޑުއެހުމުގައި ޝަރީއަތުން ވަނީ ޔާމީންގެ ފަރާތްޕުޅުންނާއި އެ މަނިކުފާނާއެކު ރިޝްވަތު ދިނުމުގެ ދައުވާ އުފުލި ޔޫސުފް ނައީމްގެ ފަރާތުން އަދި ދައުލަތަށް ފަހުބަސް އިއްވުމުގެ ފުރުސަތު ދީފައެވެ. އެއިން ކޮންމެ ފަރާތަކަށްވެސް ފަހުބަސް އިއްވުމަށް ދިނީ 30 މިނެޓެވެ.
އެ ދުވަހުގެ އަޑުއެހުމުގައި އެ މައްސަލައިގެ އަޑުއެހުންތައް ނިންމަވައިލައްވަމުން ހައިކޯޓުގެ ފަނޑިޔާރު ހަސަން ޝަފީއު ވިދާޅުވެފައިވަނީ އެ މައްސަލަތައް ޝަރީއަތުން ދިރާސާ ކުރަމުންދާ އިރު، ދެ ފަރާތް ހާޒިރުކޮށްގެން ކަމެއް ސާފުކުރަން ނުޖެހޭ ކަމަށްވާ ނަމަ، މައްސަލައިގައި ހުކުމްކުރުމަށް ތާވަލުކުރެވޭނެ ކަމަށެވެ.
ޔާމީން މިހާރު ހުކުމް ތަންފީޒުކުރައްވަމުން ގެންދަވަނީ ގޭގައި ހުންނަވައިގެންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *