އިބޫގެ އިލްތިމާސް: އެއްވެސް ބަޔަކަށް ނަފުރަތު ކުރުމެއް ނެތި ސުލްހަވެރިކަމާއެކު ކެމްޕޭން ނިންމާލަދީ

އިބޫގެ އިލްތިމާސް: އެއްވެސް ބަޔަކަށް ނަފުރަތު ކުރުމެއް ނެތި ސުލްހަވެރިކަމާއެކު ކެމްޕޭން ނިންމާލަދީ

ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭން ނިންމާލައިރު އެއްވެސް ބަޔަކާމެދު ނަފުރަތު ކުރުމެއް ނުބޭއްވުމަށާއި ހުރިހާ ބަޔަކާއެކުވެސް ސުލްހަވެރިކަމާއެކު ކެމްޕޭން ނިންމާލަ ދެއްވުމަށް ކުރީގެ ރައީސް އަދި އެމްޑީީގެ އެންމެ އިސް އެޑްވައިޒަރު އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އެދިވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭނަށް އެމްޑީޕީން ޅ. ހިންނަވަރުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ މަޖިލިސް އިންތިހާބުގެ ކެމްޕޭން ވާދަވެރި ކަމަށާއި ނަމަވެސް ބޭނުންވަނީ އެއްވެސް ބަޔަކާ ދެކޮޅުނުވެ ސުލްހަވެރިކަމާއެކު ކެމްޕޭން ނިންމާލުމަށް ކަމަށެވެ.

"އަޅުގަނޑު ވަރަށް އުފާވޭ ވާދަވެރި އިންތިހާބެއް ކުރިއަށްދާތީ. އެހެންނަމަވެސް އެއިންތިހާބު ކުރިއަށްދާންވާނީ، ހަމަގައިމުވެސް އެމްޑީޕީވެސް އަޅުގަނޑުމެން އެދެނީ ސުލްހަވެރިކަމާއި އެކީގައި. ހަމަޖެހުމާއި އެކީގައި. ވާދަވެރިކޮށްދިޔަ ނަމަވެސް އެއްބަޔަކު އަނެއްބަޔަކާއި ދޭތެރޭ ނަފްރަތެއް، ރުޅިވެރިކަމެއް ނެތި ރީތިކޮށް ގެންގޮސް މި އިންތިހާބުގެ ކެމްޕެއިން ނިންމާލަން" ސޯލިހު ވިދާޅުވިއެވެ

އިބޫ ވިދާޅުވީ ކެމްޕޭން ކުރިއަށް ގެންދިޔުމަށް ދެން އޮތީ މަދު ދުވަސްކޮޅެއް ކަމަށެވެ. އެހެންކަމުން އެމްޑީޕީން ކުރަންވީ ކަމަކީ ފޯކަސް ގެއްލުވާނުލާ، އެމްޑީޕީގެ ސިޔާސަތުތައް ރައްޔިތުންނަށް ސާފުކޮށް ދިނުން ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *