ހޯމް މިނިސްޓަރ އިޙްސާން.

ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށްބުނެ ހޯމް މިނިސްޓަރާއި ފުލުހުންގެ އިސްފަރާތް ތަކަށް ފިޔަވަޅު އަޅަން ފަނޑިޔާރުންގެ ބައްދަލުވުމެއް

ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށްބުނެ ހޯމް މިނިސްޓަރާއި ފުލުހުންގެ އިސްފަރާތް ތަކަށް ފިޔަވަޅު އަޅަން ފަނޑިޔާރުންގެ ބައްދަލުވުމެއް

ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައި، ކޯޓުގެ ޙުކުރުމަތް ކެނޑި މައްސަލައެއްގައި ހޯމް މިނިސްޓަރާއި ފުލުހުންގެ އިސްފަރާތް ތަކަށް ފިޔަވަޅު އަޅަން ނިންމައިފިއެވެ.

ކުރިމިނަލް ކޯޓުން މިއަދު ބުނީ، މިނިސްޓަރު އިހުސާނާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ޗީފް ސްޕްރިޓެންޑެންޓް އަހްމަދު ޝާކިރާއި ޗީފް އިންސްޕެކްޓާ އަހްމަދު ވަހީދުގެ އިތުރުން ސަބްއިންސްޕެކްޓާ މަމްދޫހް ހަސަން، ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމާއި، ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަން ގެއްލުވާލައި، ކޯޓު ހުރުމަތް ކެނޑި މައްސަލައާއި މެދު ގޮތެއް ނިންމުމަށް، ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ކުއްލި މަޖިލީހަށް އެޖެންޑާ ކޮށްފައިވާ ކަމަށެވެ.

މިމައްސަލައިގައި ގޮތެއް ނިންމުމަށް މިމަހު 18 ވަނަ ދުވަހުގެ 1:00 ގައި ފަޑިޔާރުންގެ މަޖިލީހެއް ބާއްވަން ތާވަލް ކޮށްފައިވާ ކަމަށްވެސް ކުރިިމިނަލް ކޯޓުން ބުނެފައިވެއެވެ.

ކުރިމިނަލް ކޯޓުން އެ ފަރާތްތަަކށް މި ތުހުމަތު ކޮށްފައި ވަނީ، ރާއްޖެ އެތެރެކުރި 119 ކިލޯގެ ޑްރަގް މައްސަލައިގައި ދައުވާ ލިބުނު ބައެއް މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން، އެކަމާއި ބެހޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމާ ގުޅިގެންނެވެ. ފުލުހުން ބުނާގޮތުން އެ މައްސަލާގައި ދައުވާ ލިބުނު އެންމެންގެ މައްޗަށް ކުށް ސާބިތުވާނެ ހެކިތައް ހުއްޓެވެ.

އެ މައްސަލާގައި ދައުލަތުން ދައުވާކުރީ ގދ. ހޯނޑެއްދޫ އަލޯރާ އަހުމަދު މުޖާހިދާއި އެރަށު އިރުމަތީގޭ އަހުމަދު ސުނައިނުގެ އިތުރުން އެރަށު ގުލޭނޫރަންމާގޭ އަލީ ޒުބައިރުގެ މައްޗަށެވެ. އޭގެތެރެއިން ކުށް ސާބިތުވީ ޒުބައިރުގެ މައްޗަށެވެ. އޭނާ އުމުރަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *