އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު ކަމަށް ޒަކަރިއްޔާ އައްޔަން ކުރައްވައިފި

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު ކަމަށް ޒަކަރިއްޔާ އައްޔަން ކުރައްވައިފި

ޤާނޫނު އަސާސީގެ 167 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން އުފައްދާއިފައިވާ އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް، ހަސަން ޒަކަރިއްޔާ، އައްޔަނު ކުރައްވައިފިއެވެ.

މި މަގާމަށް ޒަކަރިއްޔާ އައްޔަން ކުރެއްވީ ޤާނޫނު އަސާސީގެ 168 ވަނަ މާއްދާގެ (ށ) އާއި، އިލެކްޝަންސް ކޮމިޝަންގެ ޤާނޫން) ގެ ހަތަރު ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީންނެވެ.

މެންބަރު ކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ހަސަން ޒަކަރިއްޔާއަށް ރައީސުލްޖުމްހޫރިއްޔާ ހަވާލު ކުރެއްވީ، އެކަމަށްޓަކައި މިއަދު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ލިޔުން ހަވާލު ކުރެއްވުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިންގެ ކުރިފުޅުމަތީގައި، ހަސަން ޒަކަރިއްޔާ، އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމުގެ ހުވައި ކުރައްވައި، ހުވައިގެ އިޤުރާރުގައި ސޮއި ކުރެއްވިއެވެ.

ޒަކަރިއްޔާ މީގެކުރިން ހުންނެވީ އީސީގެ އެސްޖީގެ މަގާމުގައެވެ. އީސީގެ އެސްޖީގެ މަގާމަށް ޒަކަރިއްޔާ ހަމަޖެއްސީ 18 ޖޫން 2021 ގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *