ގޮނޑި ގެއްލޭ ބިލް ތަސްދީގު ކުރެއްވުމާމެދު ރައީސް ގެންދަވަނީ ޤާނޫނީ ލަފާ ހޯއްދަވަމުން: ހީނާ

ގޮނޑި ގެއްލޭ ބިލް ތަސްދީގު ކުރެއްވުމާމެދު ރައީސް ގެންދަވަނީ ޤާނޫނީ ލަފާ ހޯއްދަވަމުން: ހީނާ

އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލާއި ރަށު ކައުންސިލާއި އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގޮނޑި ގެއްލޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަން ބިލް ތަސްދީގު ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ގާނޫނީ ލަފާ ހޯއްދަވަމުން ކަަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޗީފް ސްޕޯކްސްޕާސަން އަދި ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ބޭއްވި ނިއުސްކޮންފަރެންސެއްގައި ހީނާ މިހެން ވިދާޅުވީ، އެންޓި ޑިފެކްޝަން ބިލު ތަސްދީގު ނުކުރައްވައި ދިގުދެންމެވުމަކީ ޑިމޮކްރަސީއަށް ފާޅުގައި ރައީސް މުއިއްޒު އަޅުއްވާ ހުރަހެއްކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) ވިދާޅުވުމާ ގުޅިގެންނެވެ.

އިބޫ މިހެން ވިދާޅުވީ، މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް ގއ. މާމެންދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުުޅެއްގައެވެ. އެ ޖަލްސާގައި އިބޫ ވިދާޅުވީ، މިފަދަ މުހިންމު ވަގުތެއްގައި އެފަދަ މުހިންމު ޤާނޫނެއް ގެޒެޓު ނުކުރައްވައި ޤާނޫނަކަށް ނުހަައްދަވައި ރައީސް ހުންނެވުމަކީ ޑިމޮކްރަސީއަށް ފާޅުގައި ހުރަސް އެޅުއްވުން ކަމަށެވެ.

 

ރައީސް ސޯލިހުގެ އެ ވާހަކަތަކާ ގުޅިގެން މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި ހީނާ ވިދާޅުވީ، މަޖިލީހުން ފާސްކޮށް ތަސްދީގު ކުރެއްވުމަށްޓަކައި އެ ބިލް ރައީސުލްޖުމްހޫރއިްޔާޔެ އޮފީހަށް ފޮނުވީ، މި އޭޕްރީލްމަހުގެ ހަތް ވަނަ ދުވަހުގެ ރޭގަނޑު 9:35 ގައި ކަމަށެވެ.

ތަސްދީގު ކުރެއްވުމަށް އުސޫލެއްގެ ގޮތުން ބިލްތައް ރައީސުލްޖުމްހޫރިއްޔާއަށް މަޖިލީހުން ފޮނުވަން ޖެހެނީ އެބިލެއްގެ ހާޑް ކޮޕީ ކަމަށްވެސް ހީނާ ވިދާޅުވިއެވެ. ހަމަ އާއްމު އުސޫލާ އެއްގޮތްވާ ގޮތުގެމަތިން ބިލް ތަސްދީގު ކުރެއްވުމަށް ޤާނޫނީ ލަފާ ހޯއްދެވުމުގެ ފުރުސަތަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެންވާ ފުރުސަތެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެހެންވީމާ މިހާރު އެ މަރުހަލާ ކުރިއަށްދާ ކަމަށް މައުލޫމާތު ލިބެނީ،" ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ، މަޖިލީހުން ފޮނުއްވާ ބިލް ތަސްދީގު ކުރެއްވުމަށާއި، އަލުން ވިސްނެވުމަށް އެބިލް އަނބުރާ މަޖިލީހަށް ފޮނުއްވައި ލެއްވުމަށް ޤާނޫނު އަސާސީގެ 91 މައްދާއިން 15 ދުވަހުގެ މުއްދަތެއް ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެންވާ ކަމަށެވެ.

މާނަ ކުރުމާއި ހަމަތައް ބަޔާންކުރާ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ބަލާއިރު އެ ބިލް ތަސްދީގު ކުރެއްވުމަށް އޮތް އެފުރުސަތު ހަމަވަނީ 22 އޭޕްރީލަށް،" ހީނާ ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *