ލ. ފޮނަދޫ ޖަލްސާގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ: ފޮޓޯ- ރައީސް އޮފީސް

ކޮވިޑްގައި ދޫކުރި ލޯނު ތަކުގެ އިންޓްރެސްޓް މާފު ކުރަން ނިންމައިފިން: ރައީސް

ކޮވިޑްގައި ދޫކުރި ލޯނު ތަކުގެ އިންޓްރެސްޓް މާފު ކުރަން ނިންމައިފިން: ރައީސް

ކޮވިޑްގެ އާލަމީ ވަބާގެ ދުވަސްވަރު އެސްޑީއެފްސީ އާއި އެޗްޑީއެފްސީއިން ދޫކުރި ލޯނުތަކުގެ އިންޓްރެސްޓް މާފު ކުރައްވަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހަންމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ލ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ލ. ފޮނަދޫގައި އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ކޮވިޑްގެ ދުވަސްވަރު ވަރަށް ގިނަ އަދަދަކަށް އެ ދެކުންފުނިން ލޯނު ދޫކޮށްފައި އެބަހުރި ކަމަށެވެ. އަދި ލޯނު ތަކުގެ އިންޓްރެސްޓް ވަރަށް މަތިކަންވެސް ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވީ ލޯނު ތަކުގެ އިންޓްރެސްޓް މާފު ކުރާނެ ކަމަށް ކުރީގެ ސަރުކާރުން ބުނި ނަމަވެސް، ވެރިކަން ބަދަލުވުމާއި ހަމައަށް އޮތީ މާފު ނުކޮށް ކަމަށެވެ.

"ކޮވިޑްގެ ލޯނު ނަގައިގެން އެރި އިންޓްރެސްޓް ސަރުކާރުން މާފުކުރަން މިހާރު މި އޮތީ ނިންމާފައި. ދެން އެ ލޯނު ނެގި ފަރާތްތަކުން އީދު ބަންދަށް ފަހު ހުޅުވޭ ދުވަހުން ފެށިގެން އެސްޑީއެފްސީ ބޭންކަށް އެޕްލައި ކުރީމަ އެ އޮންނަ އެޕްލިކޭޝަނެއް ފުރިހަމަ ކޮށްފައި އެގްރިމެންޓް ހެދީމަ އިންޓްރެސްޓް މާފުވާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކޮވީޑާ ގުޅިގެން އެޗްޑީއެފްސީން ހައުސިން ލޯނުތައް ނަގާފައިވާ ފަރާތް ތަކަށް މޮރެޓޯރިއަމް އަކުން މަހުން މަހަށް ދައްކަން ޖެހޭ ވަރު ލަސްކޮށްދީފައި އޮތް ނަމަވެސް، އެ ލޯނު ތަކުގެ އިންޓްރެސްޓްވެސް ވަރަށް މައްޗަށް މިހާރު ގޮސްފައިވާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *