ހިޔާ ފްލެޓް ތަކުގައި އިތުރު ލިފްޓް ހަރުކޮށް ނިމޭއިރު ބަލި މީހުން ބޭލުމަށްވެސް ހައްލު ލިބޭނެ: ރައީސް

ހިޔާ ފްލެޓް ތަކުގައި އިތުރު ލިފްޓް ހަރުކޮށް ނިމޭއިރު ބަލި މީހުން ބޭލުމަށްވެސް ހައްލު ލިބޭނެ: ރައީސް

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރު ތަކުގައި އިތުރު ލިފްޓުތައް ހަރުކުރުމަށް ކުރިއަށް ގެންދާ މަޝްރޫއު ނިމުމުން ހިޔާ ފަލެޓް ތަކަށް ބަލިމީހުން އެރުވުމާއި، އަދި ބޭލުމުގެ އިންތިޒާމު ހަމަޖެހިގެން ދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އާންމުންގެ ސުވާލު ތަކަަށް ޖަވާބު ދެއްވުމަށް ސިލްސިލާކޮށް ކުރިއަަށްގެންދާ "ރައީސްގެ ޖަވާބު" ގައި ގދ.ގައްދޫ، ކައިރުގޭ، މުހައްމަދު ލަބީބު، ހިޔާ ޓަވަރު ތަކުގައި އިތުރު ލިފްޓުތަކެއް ހަރުކުރާއިރު ބަލިމީހުން އުފުލާ ބާލަން ފަސޭހަ އިންތިޒާމެއް ހަމަޖެހޭނެތޯ ދެންނެވި ސުވާލަކަށް ޖަވާދު ދެއްވަމުން ރައީސް ވިދާޅުވީ، މިހާރު ހަރުކުރަމުންދާ ލިފްޓްތައް ހަރުކުރާއިރު އޭގެތެރޭގައި ސްޓްރެކްޗާ އެރުވޭ ލިފްޓްވެސް ހިމެނޭނެ ކަމަށެވެ.

އެހެން ކަމުން ހިޔާ ފަލެޓް ތަކުގައި ހަރުކުރާ ލިފްޓް ތަކުގެ މަޝްރޫއު ނިމޭއިރު އެކަންތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ހިޔާ ފްލެޓް ތަކުގެ ހުރިހާ ޓަވަރެއްގައި އިތުރު ލިފްޓް ހަރުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދު ފުޅެކެވެ. އެކަމަށްޓަކައި މިއަހަރުގެ ބަޖެތްގައި 200 މިލިޔަން ރުފިޔާވެސް ވަނީ ހިމަނައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *