"ސެން" ޓީޗަރުންނަށް އިތުރު އިނާޔަތެއް ލިބޭނެގޮތް ހަމަޖައްސާނަން: ރައީސް

"ސެން" ޓީޗަރުންނަށް އިތުރު އިނާޔަތެއް ލިބޭނެގޮތް ހަމަޖައްސާނަން: ރައީސް

ތަފާތު އެކި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ސްކޫލް ތަކުގައި ކިޔަވައިދެމުން އަންނަ ސެން ޓީޗަރުންނަށް ފައިސާގެ އިތުރު އިނާޔަތެއް ލިބޭނެ ގޮތް ސަރުކާރުން ހަމަޖައްސައިވައި ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސިލްސިލާކޮށް ސަރުކާރުން ގެނެސްދޭ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި ރިސްކް އެލަވަންސާއި، ޓީޗަރުން ނުލިބޭ މައްސަލައިގައި، މ.މުލަކު ސްކޫލްގައި މަސައްކަތް ކުރާ ސެންޓީޗަރެއް، ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ރިސްކު އެލަވަންސަށް ބަދަލު އައިސްފައި އޮތީ، މިދިޔަ ސަރުކާރުން ފެށިގެން އަމަލު ކުރަމުންއަންނަ ޕޭ ފްރޭމް ވޯކުގެ ސަބަބުން ކަމަށެވެ.
"ނަމަވެސް އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ އިރާދަ ކުރެއްވިއްޔާ، ތި ވިދާޅުވި ކަންތަކުގައި ސެން ޓީޗަރުންނަށް ރިސްކު އެެލަވަންސެއް ނޫނިއްޔާމު ހާއްސަ އިތުރު ފައިސާނެ އިނާޔަތެއް ލިބޭނެގޮތް ސަރުކާރުން ހަމަޖައްސައިދޭނަން،"
ރައީސް ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދޭ ޓީޗަރުން ތަމްރީން ކުރުމަކީ އެމަނިކުފާނުގެ ވަރަށް މުހިއްމު ސިޔާސަތެއް ކަމަށެވެ. އެގޮތުން ޓީޗަރުން މަދުކޮށްތިބި ދާއިރާތައް ހޯދައި އެ ދާއިރާތަކަށް ޓީޗަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް މިއަހަރުގެ މެދު ތެރޭގައި ފަށަން ހަމަޖެހިފަިއވާ ކަމަށްވސް ވިދާޅުވިއެވެ. އަދި އެ ޕްރޮގްރާމްގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދޭ ޓީޗަރުން ތަމްރީން ކުރެވިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް އެއަށްވުރެ ކުރިން، މިހާރުން މިހާރަށްވެސް އެ ދާއިރާގެ ޓީޗަރުން ލިބެންހުރި ވަރެއްބަލައި ޓީޗަރުން އިތުރު ކުރުމުގެ މަައްކަތް ކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *