ހުސްވި އަހަރު ފަނޑިޔާރުންނާބެހޭ 26 މައްސަލަ ހުށަހެޅި: ޖޭ.އެސް.ސީ

ހުސްވި އަހަރު ފަނޑިޔާރުންނާބެހޭ 26 މައްސަލަ ހުށަހެޅި: ޖޭ.އެސް.ސީ

ހުސްވި 2023 ވަނަ އަހަރު މެޖިސްޓްރޭޓުންނާއި ފަނޑިޔާރުންނާއި ގުޅޭ 26 މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭ.އެސް.ސީ)އަށް ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

ޖޭ.އެސް.ސީން ނެރެފައިވާ ހުސްވި އަހަރުގެ އަހަރީ ރިޕޯޓުން ދައްކާ ގޮތުގައި ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ފަނޑިޔާރުންނާގުޅޭ 50 މައްސަލައެއް އެ ކޮމިޝަނަށް ހުށަހެޅިއެވެ.  އޭގެތެރެއިން 35 މައްސަލަ މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް ބަލައި ނިންމާފައިވާ ކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް އެ މުއްދަތާ ހަމައަށް 15 މައްސަލަ ނުނިމި އެބައޮތް ކަމަށްވެސް ބުނެފައިވެއެވެ.

ނިމިދިޔަ 2023 ވަނަ އަހރު އެކަނިވެސް 26 މައްސަލަ ޖޭ.އެސް.ސީއަށް ހުށަހަޅާފައިވާކަން އެ ކޮމިޝަނުން ވަނީ ފާހަގަ ކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ، ޤާނޫނު އަސާސީ އާއި ޤާނޫނުތަކާއި ޚިލާފް ވެފައިވާ ކަމަށްބުނެ ހުށަހަޅާފައިވާ 6 މައްސަލަ އާއި، މަސްއޫލިއްޔަތު އަދާނުކުރާ ކަމަށްބުނެ ހުށަހަޅާފައިވާ 6 މައްސަލައިގެ އިތުރުން ކޯޓަށް ހުށަހަޅާފައިވާ ޝަކުވާ ލަސްވެގެން ހުށަހަޅާފައިވާ 5 މައްސަލަ އާއި ކޮރަޕްޝަނާއި، ސިޔާސީ ހަރަކާތުގައި ބައިވެރިވާ ކަމަށާއި، އެހެނިހެންގެ ގޮތުގައި، މިއިން ކޮންމެ ވައްތަރަކުން 1 މައްސަލަ ހުށަހަޅާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *