ރައީސް ޅަވިޔަންޏަށް

ރައީސް ޅަވިޔަންޏަށް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފާދިއްޕޮޅަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ، ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ފާދިއްޕޮޅުގެ 3 ރަށަކަށް ޒިޔާރަތް ކުރައްވައި، އެ ރަށް ރަށުގެ ކައުންސިލް ތަކާއި އ.ތ.މ. ކޮމިޓީތަކާ ބައްދަލު ކުރައްވައި، އެރަށް ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.

މިހާތަނަށް ރައީސް އަތޮޅު ތަކަށް ކުރެއްވި ދަތުރުފުޅު ތަކުގައި ޖުމްލަ 145 ކައުންސިލަކާ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވާފައި ވެއެވެ.

ރައީސް ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ އަމާޒަކީ މި ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ކޮންމެ ރަށަކަށްވެސް މަދުވެގެން ދެ ފަހަރު ޒިޔާރަތް ކުރެއްވުން ކަމުގައެވެ.

މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *