މާފުށީގައި ރޭ ފަތިހު ބޮޑު މާރާމާރީއެއް، އަނިޔާވި މީހާ މާލެއަށް

މާފުށީގައި ރޭ ފަތިހު ބޮޑު މާރާމާރީއެއް، އަނިޔާވި މީހާ މާލެއަށް

މާލެ އަތޮޅު މާފުށީގައި ރޭ ފަތިހު ހިންގި މާރާމާރީއެއްގައި މީހަކަށް ބޮޑެތި އަނިޔާ ތަކެއް ލިބިއްޖެއެވެ.

މާފުށިން ވާހަކަ ދެއްކި މީހަކު ބުނީ އެ މާރާމާރީގައި އަނިޔާ ލިބުނު މީހާގެ ބޮލާއި މޫނާއި ހަށިގަނޑުގައި ބޮޑެތި ޒަޚަމްތަކެއް ހުރި ކަމަށެވެ. އެކަމާއި ގުޅިގެން މާފުށީ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް އެހީއަށް މާލެ ގެންގޮސްގައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފުލުހުން ބުނީ، މާފުށީގައި ހިނގި މާރީއެއްގައި އަނިޔާ ލިބިފައިވާ މީހަކަށް މާފުށީ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށް ރޭ ފަތިހު 5:30 ގައި ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެއީ 34 އަހަރުގެ ދިވެހި ފިރިހެނެއް، ކަމަށާއި މިހާރު އެމީހާއަށް ފަރުވާދެމުން ދަނީ ޓްރީޓޮޕް ހޮސްޕިޓަލްގައި ކަމަށްވެސް ބުނެފައިވެއެވެ.

މާފުށީގައި މިއަދު ހިނގި އިތުރު މާރާމާރީއަކާއި ގުޅިގެން ދިވެހި ދެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. ހައްޔަރު ކުރި ދެ މީހުންނަކީ ފަތިހު ހިނގި މާރާމާރީގައި ބައިވެރިވި ބައެއް ކަމަށްވެސް ފުލުހުން ބުންޏެވެ. މިކަމާބެހޭ އިތުރު ތަފްސީލެއް ފުލުހުން ނުދިނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *