އަލީ ޒާހިރު އަދި ކުރީގެ ރައީސް އިބްރާހިމް މުޙަންމަދު ސޯލިހު

މަޖިލިސް އިންތިޚާބު ފެލިދޫ ދާއިރާ: އަލީ ޒާހިރަށް ތާއީދު ކުރަން އެމްޑީޕީ ނިންމައިފި

މަޖިލިސް އިންތިޚާބު ފެލިދޫ ދާއިރާ: އަލީ ޒާހިރަށް ތާއީދު ކުރަން އެމްޑީޕީ ނިންމައިފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވ.ފެލިދޫ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓް އަލީ ޒާހިރުއަށް އިދިކޮޅު އެމްޑީޕީން ތާއީދު ކުރަން ނިންމައިފިއެވެ.

ފެލިދޫ ދާއިރާއަކީ އެމްޑީޕީން ވާދަކުރާ ދާއިރާއެއްނޫނެވެ. އެމްޑީޕީން މިއަދު ބުނީ، ވ. ފެލިދޫ ދާއިރާއަށް އަމިއްލަ  ގޮތުން ކުރިމަތިލާފައިވާ އަލީ ޒާހިރު، މިސްކިތްމަގު، މާހުގެ / ޏ. ފުވައްމުލަކު (ކެންޑިޑޭޓް ނަންބަރު 2) އަށް އެޕާޓީއިން ތާއީދު ކުރަން ނިންމާފައިވާ ކަމަށެވެ. ފެލިދޫ ދާއިރާގެ އެމްޑީޕީ މެންބަރުންނާއި ޕާޓީއަށް ތާއީދުކުރާ ފަރާތްތަކުން އަލީ ޒާހިރަށް ތާއީދުކޮށް ވޯޓުދިނުމަށް އެދޭކަމަށްވެސް ބުނެފައިވެއެވެ. ފެލިދޫ ދާއިރާގައި ހިމެނެނީ، ވ. އަތޮޅުގައި އޮތް ތިން ރަށެވެ. އެއީ ފެލިދޫ, އާއި ފުލިދޫގެ އިތުރުން ތިނަދޫ އެވެ.

އަލީ ޒާހިރަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ  ޗީފް އޮފް ސްޓާފްގެ މަގާމު އަދާ ކުރެއްވި ބޭފުޅެކެވެ. އޭރު ހުންނެވީ އެމްޑީޕީ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ނައިބު ރައީސްގެ މަގާމުގައެވެ.

މިހާރު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ފެލިދޫ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދެވީ، ޕީއެންސީގެ މެންބަރު ފަޒުލް ރަޝީދެވެ. އާބަންކޯގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމު ލިބިވަޑައިގަތުމުން އޭނާވަނީ މަޖިލިސް މެންބަރުކަމުން އިސްތިއުފާ ދެއްވައިފައެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިބުގައި އެދާއިރާއަށް އަލީ ޒާހިރުގެ އިތުރުން ތިން ކެންޑިޑޭޓަކު ވާދަ ކުރައްވައެވެ. އެއީ އަމިއްލަ ގޮތުން ވާދަ ކުރައްވާ ހުސައިން ޒައިދު އާރިފް އާއި ޑިމޮކްރެޓްސްގެ ޝުޖާއު އަލީ އާއި ޕީއެންސީގެ އާދަމް ޒާހިރެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *