ޒަކަރިއްޔާ (ކ). ފޮޓޯ: ޕީއެސްއެމް

ނައިބު ރައީސް ހަބީބުގެ ބަދަލުގައި އީސީއަށް ޒަކަރިއްޔާ އައްޔަން ކުރަން ފޮނުވައިފި

ނައިބު ރައީސް ހަބީބުގެ ބަދަލުގައި އީސީއަށް ޒަކަރިއްޔާ އައްޔަން ކުރަން ފޮނުވައިފި

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުކަމަށް އައްޔަން ކުރަން އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް މ. މުލައް ހަސަން ޒަކަރިއްޔާގެ ނަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

ޒަކަރިއްޔާގެ ނަން މަޖިލީހަށް ފޮނުއްވީ، އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބުގެ ދައުރު ހަމަވާތީ އޭނާގެ ބަދަލުގައި އެ ކޮމިޝަންގެ މެންބަރުކަމަށް ބޭފުލަކު އައްޔަން ކުރެއްވުމަށް އެކަމަށް ހުޅުވައިލި ފުރުސަތުގައި ކުރި މަތި ލެއްވި މެންބަރުންގެ ތެރެއިން ރައީސް މުއިއްޒު ފާހަގަ ކުރައްވައިގެންނެވެ.

ޒަކަރިއްޔާއަށް މަޖިލީހުގެ ރުން ހޯއްދެވުމަށް ރައީސް މަޖިލީހަށް ފިނުއްވި ސިޓީފުޅު މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަމީން އާއްމު ފާތުމަތު ނިއުޝާ އިއްވުމުން އެ ނަން އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ފޮނުއްވައިފައެވެ.

މެންބަރުކަމަށް ހުޅުވާލުމުން ކުރިމަތިލީ އެހެން ބޭފުޅުންގެ ނަންތައް ވެސް ރައީސްގެ ސިޓީއާ އެކު މަޖިލީހަށް ފޮނުއްވިއެވެ. އީސީގެ އެސްޖީގެ މަގާމަށް ޒަކަރިއްޔާ ހަމަޖެއްސީ 18 ޖޫން 2021ގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *