ރައީސް ކަމުގައި ޑރ. މުއިއްޒު ބަހައްޓަން ފެންނަ ނުފެންނަ ވޯޓެއް ނަގަން އެބަޖެހޭ: ބޮންޑޭ

ރައީސް ކަމުގައި ޑރ. މުއިއްޒު ބަހައްޓަން ފެންނަ ނުފެންނަ ވޯޓެއް ނަގަން އެބަޖެހޭ: ބޮންޑޭ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުގައި ބަހައްޓަން ފެނޭތޯ، ރައްޔިތުންގެ މަޖިލިސް މެދުވެރިވެގެން ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒުގެ ސަރުކާރަށް ފައިސާ މެނޭޖް ކުރަން ނޭނގުމުގެ ސަބަބުން މަސްވެރިންނަށް ފައިސާ ނުދެވި މުޅި ގައުމު ދަރައި ބަނގުރޫޓު ވަމުންދާކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަމުން ބޮނޑޭ ވިދާޅުވީ ދައުލަތަށް ފައިސާ ހޯދުމަށްޓަކައި ވިއްކަން ގުޅުވައިލި 550 މިލިޔަން ޑޮލަރުގެ ބޮނޑުވެސް ގަންނާނެ ބަޔަކު ނުވި ކަމަށެވެ. އަދި ސަރުކާރަށް ފައިސާ ދޭނެ ފަރާތެއް ނެތް ކަމަށާއި، ޗައިނާއިން ފައިސާ ދޭނެކަމަށް އުއްމީދު ކުރިއަސް އެ ގައުމުން ފައިސާ ނުދޭނެ ކަަމަށްވެސް ބޮނޑޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކުރިއަށް ރޯދަ މަސް އޮތްއިރު، އެންމެ ނިކަމެތި މީހާގެ ލުއި ލޯނާއި ކަންމަތީ ފިހާރަ ތަކާއެކު މުޅި ގައުމު އޮތީ ދަރަނިވެރި ވެފައި ކަމަށެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގައި ބަހައްޓަން ފެނޭތޯ، ރައްޔިތުންގެ މަޖިލީހުން ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭކަމަށް ބޮނޑޭ ވިދާޅުވިއެވެ. އަދި އެ ވޯޓަށްފަހު ވެރިކަމުގެ ނިޒާމު އަލުން އެކުލަވާލަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *