ދެގައުމުން އެއްބަސްވާ އުސޫލެއްގެ ތެރެއިން އިންޑިޔާގެ އަސްކަރީ އުޅަނދުތައް ރާއްޖޭގައި ދުއްވަން އެއްބަސް ވެއްޖެ

ދެގައުމުން އެއްބަސްވާ އުސޫލެއްގެ ތެރެއިން އިންޑިޔާގެ އަސްކަރީ އުޅަނދުތައް ރާއްޖޭގައި ދުއްވަން އެއްބަސް ވެއްޖެ

އިންޑީޔާ އާއި ރާއްޖެއިން އެއްބަސްވާ ގޮތެއްގެ މަތިން ރާއްޖޭގައި ދުއްވަމުން އަންނަ އިންޑިޔާގެ ހެލިކޮޕްޓަރުތައް ރާއްޖޭގައި ދުއްވަން ދެ ގައުމުންވެސް އެއްބަސް ވެފައިވާ ކަމަށް އިންޑިޔާގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެ އާއި އިންޑިޔާގެ އޮފިޝަލުންގެ މެދުގައި މިއަދު އިންޑިޔާގެ ވެރިރަށް ނިއުދިއްލީގައި ކުރިޔަށްދިޔަ މަޝްވަރާ ބައްދަލުވުމަށް ފަހު އިންޑިޔާގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިންސާނީ އެހީތެރިކަމާއި މެޑިކަލް އިވެކުއޭޝަންތަކުގައި އިންޑިއާގެ ޑޯނިއާ އަދި ހެލިކޮޕްޓަރު ބޭނުން ކުރުން ނުހުއްޓި، ކުރިއަށް ގެންދިއުމަށް ދެ ގައުމުންވެސް މިއަދު އެއްބަސްވެފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލް ހާމަކޮށްފައެއް ނުވެއެވެ.

މިއަދުގެ ބައްދަލުވުމާއި ގުޅިގެން ރާއްޖޭގެ ޚާރިޖިއްޔާއިންވެސް ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައި ވަނީ ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ބޭލުމުގައި ތާރީޚު ތަކެއް ކަނޑައެޅި އެކަމަށް ދެގައުމުންވެސް އެއްބަސްވުމަކަށް އައިސްފައިވާ ކަމަށެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *