އިންޑިޔާގެ މިނިވަން ދުވަސް: ރައީސް މުއިއްޒުގެ ތަހުނިޔާ ބޮޑުވަޒީރާއި ރައީސަށް

އިންޑިޔާގެ މިނިވަން ދުވަސް: ރައީސް މުއިއްޒުގެ ތަހުނިޔާ ބޮޑުވަޒީރާއި ރައީސަށް

ލިޔުނީ: ހަސަން މުހަންމަދު

އިންޑިޔާގެ 75 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒުގެ ތަހުނިޔާ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އެގައުމުގެ ރައީސް ދުރައުޕަތީ މުރުމުއަށް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އެދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސެޖުގައި އިންޑިޔާގެ މިނިވަން ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންގެ ނަމުގައިވެސް ފޮނުއްވާ ކަމަށް ވިދާޅުވެފައިވެއެވެ. އަދި ދެގައުމުގެ މެދުގައި ޒަމާނުއްސުރެ އޮތް ބަދަހި ގުޅުން ފާހަގަ ކުރައްވާފައިވެއެވެ. ކުރިޔަށް އޮތް އަހަރު ތަކުގައިވެސް އިންޑިޔާގެ ރައްޔިތުންނަށް އުފާފާގަތިކަމަށް ރައީސް އެދިވަޑައިގެންފައިވެއެވެ.

އިންޑިޔާގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވިއިރު، ދެގައުމުގެ މެދުގައި މިވަގުތަކީ ގުޅުން ގޯސްވެފައިވާ ދަނޑިވަޅެކެވެ. އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުމުގެ މައްސަލައިގައި ދެގައުމުގެ ސަރުކާރުގެ މެދުގައި ގުޅުން ގޯސްވެފައިވާއިރު، ދެގައުމުގެ ރައްޔިތުންވެސް ސޯޝަލް މީޑިޔާގައި އެއްގައުމު އަނެއް ގައުމާ ދަނީ ދިމާކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *