ސައިފް ހޮސްޕިޓަލުން ގެއަށް

ސައިފް ހޮސްޕިޓަލުން ގެއަށް

އުޅަނބޮށީގެ އޮޕަރޭޝަނަކަށް ފަހު އެކްޓަރު ސައިފް އަލީ ހާން ގެއަށް ދޫކޮށްލައިފިއެވެ.

ބޮންބޭގައި ހުންނަ ކޮކިލާބޭން ދިރުންބާއީ އަމްބާނީ ހޮސްޕިޓަލްގައި ކުރި އޮޕަރޭޝަނަށް ފަހު ސައިފް ގެއަށް ދިޔައިރު އަނބިމީހާ ކަރީނާ ކަޕޫރުވެސް އޭނާގެ ކައިރީގައި ހުއްޓެވެ. ކަރީނާއަކީވެސް މަޝްހޫރު ކަމުގައި ސައިފަށް ދޫނުކުރާ ވަރުގެ ތަރިއެކެވެ.

ސައިފްގެ އުޅަނބޮށި ހަލާކުވީ 2017 ވަނަ އަހަރު ނުކުތް އޭނާގެ ފިލްމު "ރަންގޫން"ގެ ޝޫޓިންގެ ތެރެއިން ހިނގި އެކްސިޓެންޓެއްގަ އެވެ.

ސައިފް ވަނީ އޮޕަރޭޝަން ކުރި ހޮސްޕިޓަލުގެ ޓީމަށް ޝުކުރު އަދާކޮށްފައެވެ. އަދި މިހާރު ހާލު ރަނގަޅު ވަމުން އަންނަ ކަމުގައިވެސް ބުންޏެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *