ޓެސްޓް ނުހަދުވައި، ފައިސާ ނަގައިގެން ގައްދޫ ކައުންސިލުން 1،600 އަށްވުރެ ގިނަ ލައިސަންސް ދޫކުރި ބޮޑު ހިޔާނާތެއް ފަޅާއަޅައިފި

ޓެސްޓް ނުހަދުވައި، ފައިސާ ނަގައިގެން ގައްދޫ ކައުންސިލުން 1،600 އަށްވުރެ ގިނަ ލައިސަންސް ދޫކުރި ބޮޑު ހިޔާނާތެއް ފަޅާއަޅައިފި

ފޭކު ލައިސަންސްގެ މައްސަލަ ބޮޑުވެ ގދ. ގައްދޫއިން އެއްގަމު ލައިސަންސް ދިނުން މެދުކަނޑާލައިފިއެވެ.

ގައްދޫ ކައުންސިލްއިން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގައި މާލޭގައި ހުރި މީހަކަށް ގައްދޫ ކައުންސިލްއިން ލައިސަންސް ދޫކުރިކަން ހާމަވެފައިވާ ކަމަށެވެ.

އަދި އެކަން ކޮށްފައިވަނީ ހަތަރު ވަނަ ދައުރުގެ ކައުންސިލްގެ ބައެއް މެމްބަރުންގެ ބައިވެރިވުމާއިއެކު ކަމަށާއި މިއީ ނާތަހުޒީބު ޖަރީމާއެއް ކަމަށްވެސް ކައުންސިލްއިން ބުންޏެވެ.

އަދި ނިމިގެން ދިޔަ ހަފްތާގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ބޭފުޅުންވެސް ގައްދުއަށް ވަަޑައިގެން ކަންކަން މޮނިޓާކޮށްފައިވާ ކަމަށާއި އަދި ގަވައިދާ ހިލާފަށް ގިނަކަންކަން ހިނގާފައިވާކަން އެފަރާތުން ވެސް ފާހަގަކުރި ކަމަށް ކައުންސިލްއިން ބުންޏެވެ.

އެގޮތުން މާލެއިން ލައިސަންސް ނަގާފައިވާ ޢަދަދާއި، ދާދި އެއްވަރަކަށް ގައްދޫއިން ލައިސަންސް ދޫކޮށްފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށާއި އެގޮތުން ފާއިތުވި އެއް އަހަރުގެ ތެރޭގައި ގައްދޫއިން 1600އަށްވުރެ ގިނަ ލައިސަންސް ދޫކޮށްފައިވާ ކަމަށް ކަމަށް ކައުންސިލްއިން ބުންޏެވެ.

"މިކަމުގައި ޙަރަކާތްތެރިވެފައިވާ އެގްޒަމިނަރުންގެ ފަރާތުން ލިބުނު މައުލޫމާތަށް ބަލާއިރު ހަފްތާއަކަށް ދެތިންމީހުންވެސް ޕްރެކްޓިކަލް ހަދާފައި ނުވާކަން ފާހަގަ ކުރެވެއެވެ. އެއްގަމާއި، ކަނޑު ލައިސަންސްގެ ޚިދުމަތް ފެށުމަށް ކަމާއި، ގުޅުންހުރި ސަރުކާރުގެ ފަރާތްތަކާއި، މަޝްވަރާކޮށް ކައުންސިލުން މަސައްކަތް ކުރަމުންދާކަން އެއްމެހާ ރައްޔިތުންގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ"ކައުންސިލްއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ގައްދޫ ކައުންސިލްއިން ބުނީ މިހާރު ހިނގަމުންދާ ކައުންސިލްގައި އެފަދަ ނާތަހުޒީބު ޖަރީމާތަކާއި، ވައްކަމާއި، ޚިޔާނާތް ގައްދޫ ކައުންސިލުން ނުހިގާނެ ގޮތަށް އިދާރާގެ ކަންކަން އިންތިޒާމްކޮށް، މުޅި ރައްޔިތުންނަށް އެންމެ ފައިދާހުރި ކަންކަމުގައާއި، އަދި ގާނޫނާއި، ގަވާޢިދު ތަންފީޒްކުރުމުގައި ކައުންސިލުން ދެމި އޮންނާނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *