ހުޅުމާލޭ ފޭސް އެކެއްގެ ފުލެޓުތަކުގެ ކުލި ކުޑަ ކުރަން އަދި އަންގާގައި ނެތް: އެޗްޑީއެފްސީ

ހުޅުމާލޭ ފޭސް އެކެއްގެ ފުލެޓުތަކުގެ ކުލި ކުޑަ ކުރަން އަދި އަންގާގައި ނެތް: އެޗްޑީއެފްސީ

އަންނަ މަހުން ފެށިގެން ހުޅުމާލޭ ފޭސް އެކެއްގެ ފުލެޓުތަކުގެ ކުލި ކުޑަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނަމަވެސް އެ ނިންމެވުމަށް އަމަލު ކުރަންޖެހޭގޮތެއް ހައުސިން މިނިސްޓްރީން އަދި އަންގާފައި ނުވާކަމަށް ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ބުނެފިއެވެ.
އެކަމާބެހޭގޮތުން އެޗްޑީއެފްސީގެ މީޑިޔާ އޮފިޝަލް ސާޖިދާ މުސްތަފާ ވިދާޅުވީ، ފްލެޓްތަކަށް ދައްކަންޖެހޭ ފައިސާ ކުޑަކުރި ނިންމުމަށް އަަމަލު ކުރަންޖެހޭގޮތެއް ރަސްމީކޮށް އަދި އަންގާފައި ނުވާ ކަމަށެވެ.
"އަދި އެއަށް އަމަލު ކުރަންޖެހޭގޮތެއް ރަސްމީކޮށް އަންގާފައެއްނުވޭ، އެހެންކަމުން ރަސްމީކޮށް އެއަށް އަމަލު ކުރަންޖެހޭ އުސޫލެއް މި ކޮޅަކުނެތް، މިކޮޅަށް އެންގެވިހާ އަވަހަކަށް އެކަން އާއްމު ކުރާނަން،" ސާޖިދާ ވިދާޅުވިއެވެ.
ސާޖިދާ ވިދާޅުވީ، އެކަމުގައި އެޗްޑީއެފްސީން ވަކި ގޮތެއް އަންގަންދެން ނުވަތަ ހައުސިން މިނިސްޓްރީން ލިއުމުން ވަކި އެއްޗެއް އަންގަންދެން، ފައިސާ ދައްކަން ޖެހޭނީ މިހާރުވެސް ފައިސާ ދައްކަމުން އަންނަ އުސޫލުން އެ އަދަދަށް ކަމަށެވެ.
"މިތަނުން ވަކިގޮތެއް އަންގަންދެން ނުވަތަ، ހައުސިން މިނިސްޓްރީން ލިއުމެއް ލިބެންދެން ފައިސާ ދައްކަމުންދާނީ މިހާރުވެސް ދައްކާ އުސޫލުން،"
ސާޖިދާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމާ އެއްގޮތަށް ފްލެޓަށް ދައްކަންޖެހޭއިރު، ވެރިފަރާތާއެކު އެޗްޑިއެފްސީން ހަދާފައި ވާ އެގްރީމެންޓްތަކަށް ބަދަލުގެނައުމާމެދު މަޝްވަރާ ކުރަމުންދާ ކަމަށެވެ. ނަމަވެސް އެކަމަށް އަދި ވަކި ގޮތަކަށް ހަމައެއްނުޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްގައްޔޫމުގެ ވެރިކަމުގައި ހުޅުމާލެ ފޭސް އެކަކުން ދޫކޮށްފައިވާ ފްލެޓް ތަކަކީ އެޗްޑީއެފްސީއާއެކު ހަދާފައިވާ އެގްރީމެންޓެއްގެ ދަށުން އެތަނަށް ފައިސާ ދައްކާގޮތަށް ދީފައިވާ ފްލެޓް ތަކެކެވެ.
އަހުޅުމާލެ ފޭސް އެކެއްގެ ފްލެޓްތަކުން ދައްކަންޖެހޭ ކުލި އަންނަމަހުންފެށީގެން ކުޑަ ކުރެއްވުމަށް ނިންމެވިކަން ރައީސުލްޖުމްހޫރިއްޔާ އިއްލާން ކުރެއްވީ، މިދިޔަ މާލޭ ސިޓިގެ މޭޔަރު ކަމުގެ އިންތިހާބުގައި ޕީއެންސީން ވާދަކުރެއްވި އާޒިމާ ޝަކޫރުގެ ކެމްޕޭން ބައްދަލުވުމެއްގައި ހުޅުމާލޭފައި ވާހަކަފުޅުދައްކަވަމުން މިމަހުގެ ހަ ވަނަ ދުވަހުގައެވެ.
ރައީސް މުއިއްޒު ވިދާޅުވީ ފުރަތަމަ ފިޔަވަހީގައި ހުރި ފުލެޓުތަކުގެ މަހުން މަހަށް ދައްކަންޖެހޭ އަދަދަކަށް މިހާތަނަށް ސަރުކާރުން ލުއި ދީފައިނުވާ ކަމަށާއި ނަމަވެސް އަންނަ މަހުން ފެށިގެން އެ ބަދަލު އަންނާނެ ކަމަށެވެ.
"އަޅުގަނޑު މިއަދު މިތަނުގައި އިއުލާންކޮށްލަން ބޭނުންވަނީ މި ފުރަތަމަ ފިޔަވަހީގައި ހުރި ހުރިހާ ފުލެޓަކުން މި އަންނަ މަހުން ފެށިގެން 20 ޕަސަންޓު އަގު ކުޑަވެގެންދާނެއޭ. އެހެންވީމާ މި ލުއި އަޅުގަނޑުމެން ރައްޔިތުންނަށް މި ދެނީ އިގުތިސާދީ ހާލަތު ހުރިގޮތުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އޮތީ ވަރަށް ބޮޑަށް ހީނަރުވެފައި، އާމްދަނީ އަތްމަތީގައި ވަރަށް ކުޑަ. އެހެންވީމާ ދެއްކެން އޮތް އެއްޗެއް މި ދެއްކެނީ ވަރަށް ހާލުގައި. ސަރުކާރުން އެހީތެރިކަން މިކަމުގައި ދޭން ބޭނުން. ސަރުކާރުން ދެން އެ 20 ޕަސަންޓް މެނޭޖުކުރާނީ،" އެމަނިކުފާނު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *