ލޯންޗް ހަލާކުވެގެން ނައީމާގެ މަރުގެ މައްސަލައިގެ އަޑުއެހުން ކެންސަލް ކޮށްފި

ލޯންޗް ހަލާކުވެގެން ނައީމާގެ މަރުގެ މައްސަލައިގެ އަޑުއެހުން ކެންސަލް ކޮށްފި

ނ. މަނަދޫގައި، އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު، އެ ރަށު އަންނާރުމާގޭ، ނައީމާ މޫސާ މަރާލި މައްސަލައިގައި ކުރިމިނަލް ކޯޓުގައި މިއަދު ފަށަން އޮތް ޝަރީއަތުގެ އަޑުއެހުންތައް ކެންސަލް ކޮށްފިއެވެ.
ނައީމާގެ މަރުގެ މައްސަލަގައި ދައުލަތުން ތިން މީހެއްގެ މައްޗަށް ދައުވާ ކޮށްފައިވެއެވެ.
އޭގެ ތެެރެއިން ފުރަތަމަ އަޑުއެހުމެއްގެ ގޮތުގައި މިއަދުގެ 9:00 އަށް ތާވަލް ކޮށްފައި އޮތީ، ނ. މަނަދޫ ފިނިފެންމާގެ އަބްދުލްވާގހިދު ރިފާސް (21އ)ގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެކެވެ. އެ މައްސަލަގައި ދައުވާކޮށްފައިވާ ނ. މަނަދޫ ވިނަރެސް ހަސަން ފަވާޒު (21އ)ގެ މައްޗަށްކުރާ ދައުވާގެ އަޑުއެހުން ތާވަލް ކޮށްފައި އޮތީ 11:00 އަށެވެ. ނަމަވެސް އެ މަައްސަލައިގައި ހިމެނޭ ނ. މަނަދޫ ފެހި ވިލާގެ އަހްޒަމް އަބްދުއްޝަކޫރު (23އ)ގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް މިއަދަށް ތާވަލްކޮށްފައެއް ނެތެވެ.
މި ތިން މީހުންގެ މައްޗަށް ވެސް ދައުލަތުން ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގަ މީހުން މެރުމާއި، އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމާއި، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދައުވާއެވެ.
ކްރިމިނަލް ކޯޓުން މިއަދު ބުނީ ނައީމާގެ މަރުގެ މައްސަލައިގެ އަޑުއެހުންތައް ކެންސަލްކުރީ ކަރެކްޝަނުން މީހުން އުފުލުމަށް ބޭނުންކުރާ ލޯންޗު ހަލާކުވުމުގެ ސަބަބުން ކަމަށެވެ.
އަމިއްލަ ގޭގައި އެކަނި ދިރިއުޅެމުންދިޔަ ނައިމާ މަރާލާފައި އޮއްވައި ފެނުނީ 2023 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހު، އޭނާގެ ހަބަރެއް ނުވެގެން އޭނާ ދިރިއުޅޭ ގެއަށް ގޮސް، އެގޭ ކޮޓަރި ދޮރު ވައްޓާލައި، ކޮޓަރިއަށް ވަން އިރު ކޮޓަރި ތެރޭ ބިންމަތީގައި އޮއްވައެވެ. އޭނާގެ ހަށިގަނޑުން ގިނަ އަދި ފުން ޒަހަމްތަކެއް ހުރިކަމަށް ވަނީ އެނގިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *