ޞަލާޙުއްދީން އައްޔޫބީ- އިސްލާމީ ތާރީޚުގެ ވަރުގަދަ ސަޚްސިއްޔަތެއް

ޞަލާޙުއްދީން އައްޔޫބީ- އިސްލާމީ ތާރީޚުގެ ވަރުގަދަ ސަޚްސިއްޔަތެއް

ލިޔުނީ: ޝިފްނާ ވަހީދު

ޞަލާޙުއްދީން އައްޔޫބީއަކީ އިސްލާމީ ތާރީޚުގައި އިޙްތިރާމް ލިބިގެންވާ، ލީޑަރޝިޕާއި، އަސްކަރީ ކުޅަދާނަކަމާއި، އިސްލާމްދީން އުނގަންނައިދޭ ގޮތަށް އިންސާފާއި ރަޙްމަތުގެ އުސޫލުތަކަށް ތަބާވެވަޑައިގެންނެވި ބޭފުޅެކެވެ.

ހައްޓިން ހަނގުރާމައިގެ ތެރޭގައި އަދި އޭގެ ފަހުން އެމަނިކުފާނުގެ އަމަލުތަކާއި، ޚާއްޞަކޮށް ޤުދުސްގެ އަހުލުވެރިންނާމެދު ކަންތައް ކުރެއްވި ގޮތް ފާހަގަ ކުރެވެނީ އިސްލާމީ ޝަހުވަތްތެރިކަމާއި ދުޝްމަނުންނަށްވެސް އޯގާތެރިވުމުގެ ނަމޫނާއެއްގެ ގޮތުގައެވެ.

އިސްލާމީ މަސައްކަތަށް ސަލާހުއްދީން ވަކާލާތު ކުރެއްވުމާއި ގުދުސް އަލުން ހޯދުމަށް އެމަނިކުފާނު ކުރެއްވި މަސައްކަތްތަކުގެ ސަބަބުން މީހުންގެ ހިތްތަކުގައި އީމާންތެރިކަން އިތުރުވެ، ސިޓީގެ މުޤައްދަސްކަން ދެމެހެއްޓުމުގެ ޝައުގުވެރިކަން އިތުރުވިއެވެ. އަދި އެންމެހާ މުސްލިމުން އެއްބައިވަންތަކޮށް، ޞަލީބީންނާ ދެކޮޅަށް ކާމިޔާބު ހޯދުމަކީ، އެމަނިކުފާނުގެ ޤާބިލުކަމާއި ކުޅަދާނަ ސްޓްރެޓެޖިކް ޕްލޭން އަދި ލީޑަޝިޕްގެ ސިފަތަކުގެ ހެކިތަކެކެވެ.

މީގެއިތުރުން ސަލާހުއްދީނުގެ ތަރިކައަކީ ހަމައެކަނި އިސްލާމީ ދުނިޔޭގައި ފާހަގަކުރާ ތަރިކައެއް ނޫނެވެ. އެ މަނިކުފާނުގެ ޝަރަފުވެރި ސުލޫކުގެ ސަބަބުން އެކި ސަގާފަތްތަކާއި ދީންތަކުގައިވެސް އިހުތިރާމް ލިބިވަޑައިގެންވެއެވެ. ޞަލާޙުއްދީން އައްޔޫބީގެ ޙަޔާތްޕުޅު ހޭދަވެގެންދިޔައީ ހިތްވަރާއި ތަޤްވާވެރިކަމާއި ޞާލިޙުކަމުގެ ހެޔޮކަންތައް ކުރެއްވުމުގައެވެ.

ސަލާހުއްދީން އައްޔޫބީގެ ވާހަކައަކީ އިސްލާމީ ތާރީޚުގެ މުހިންމު ބާބެއް ކަމަށާއި، އެމަނިކުފާނުގެ ތަރިކައަށް ދިވެހިރާއްޖޭގައިވެސް އަދި އެހެނިހެން ޤައުމު ތަކުގައިވެސް، އިސްލާމީ އުސޫލުތަކާއި އަޚްލާޤީ ލީޑަރޝިޕްގެ ރަމްޒެއްގެ ގޮތުގައި ޝަރަފުވެރިކަން ލިބެމުންދާ ވާހަކައެކެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *