ލަންކާގެ ބަޖެޓަށް މި އަހަރުގެ ފުރަތަމަ 6 ދުވަހު ސާރޕްލަސްއެއް

ލަންކާގެ ބަޖެޓަށް މި އަހަރުގެ ފުރަތަމަ 6 ދުވަހު ސާރޕްލަސްއެއް

2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ސްރީލަންކާގެ ދައުލަތުގެ ބަޖެޓުން 9.5 ބިލިއަން ރުޕީސްގެ ސަރޕްލަސްއެއް (ޚަރަދަށްވުރެ އާމްދަނީ އިތުރުވުމެއް) ހާސިލުވެފައިވާކަމަށް އެޤައުމުގެ މިނިސްޓްރީ އޮފް ފައިނޭންސުން ހާމަކޮށްފިއެވެ. މިއީ ނިމިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތުގެ ބަޖެޓުގައި ބޮޑު ޑެފިސިޓެއް އޮތުމަށްފަހު، އިގްތިސާދީ ގޮތުން ހޯދާފައިވާ ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެކެވެ.

މިނިސްޓްރީ އޮފް ފައިނޭންސުން ބުނި ގޮތުގައި މާލީ ހާލަތަށް މިފަދަ އެދެވޭ ބަދަލެއް އައިސްފައިވަނީ ދައުލަތުގެ ކުންފުނިތަކަށް ލިބުނު ފައިދާ އިތުރުވުމާއި، ޓެކްސް އާމްދަނީ ވަރުގަދަކުރުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުންނެވެ.

ނަމަވެސް، އިގްތިސާދީ މާހިރުންނާއި ސެންޓްރަލް ބޭންކުގެ ކުރީގެ އިސް ވެރިން ވަނީ މިކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެބޭފުޅުން ފާހަގަކުރައްވާ ގޮތުގައި އާމްދަނީ އިތުރުކުރުމަށްޓަކައި އާންމުންނާއި ވިޔަފާރިތަކުގެ އަތުން ނަގާ ޓެކްސް ބޮޑުކުރުމަކީ އިގްތިސާދީ ހަރަކާތްތަކަށް ނޭދެވޭ އަސަރުކޮށް، އާންމު ރައްޔިތުންނަށް އުފުލަންޖެހޭ ތަކުލީފުތައް ބޮޑުވެގެންދާނެ ކަމެކެވެ.

އެހެންކަމުން، ބަޖެޓު ސަރޕްލަސްގައި ދެމެހެއްޓުމަށްޓަކައި ހަމައެކަނި ޓެކްސް އިތުރުކުރުމުގެ ބަދަލުގައި، ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، އިގްތިސާދީ ދާއިރާތައް އިތުރަށް ފުޅާކުރުމަށް ސިޔާސަތުތައް ބައްޓަންކުރުމަށް މާހިރުން ވަނީ އިރުޝާދު ދެއްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *