އުމްރާއަށް ދިޔަ ދިވެއްސަކު ނިޔާ ވެއްޖެއެވެ.
ރޭގެވަގުތެއްގައި ނިޔާވީ އަލްމަނާސިކް ހައްޖު އުމްރާ ޖަމާއަތުގެ ހަވާލުގައި އުމްރާއަށް ދިޔަ އުމުރުން 62 އަހަރުގެ، މ. ސައްކެޔޮމާގޭ މުހައްމަދު އިމްތިޔާޒްއެވެ. އޭނާ ނިޔާވީ އުމްރާގެ އަޅުކަމުގައި ޙަރަމްފުޅުގައި ހުއްޓައި ހާޓް އެޓޭކެއް ޖެހިގެންނެވެ. އެއީ ރޭ އިރާކޮޅު 7:35 ހާއިރުއެވެ.
އަލްމަނާސިކުގެ އޮފިޝަލަކު ބުނި ގޮތުގައި މުހައްމަދު ނިޔާވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް ޑޮކްޓަރުން ބުނެފައިވާއިރު، އޭނާއަކީ މީގެކުރިން ހިތުގެ މައްސަލައެއް ހުރެގެން ޕޭސްމޭކު ލައްވާފައިވާ މީހެކެވެ.




