ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި ރާއްޖޭގެ އެންމެ ގާތް ރަޙްމަތްތެރި ގައުމު ކަމަށްވާ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ. ރާއްޖެއިން މިހާރު ވަނީ ރައީސް މުއިއްޒުގެ ސަރުކާރު އައިފަހުން ހީނަރުވި ރާއްޖެ، އިންޑިއާ ގުޅުން ރަނގަޅުކޮށްފައި

ބޭރު ގައުމުތަކުގެ ވެރިންނަށް- މި ފެށުނު އާ އަހަރާއެކު ގުޅުންތައް އިތުރަށް ބަދަހިވާނެ ކަމަށް އުންމީދު ކުރަން: ރައީސް

ބޭރު ގައުމުތަކުގެ ވެރިންނަށް- މި ފެށުނު އާ އަހަރާއެކު ގުޅުންތައް އިތުރަށް ބަދަހިވާނެ ކަމަށް އުންމީދު ކުރަން: ރައީސް

މީލާދީ އައު އަހަރުގެ ތަހުނިޔާއާއި ހެޔޮއެދުންތައް، ބޭރު ޤައުމުތަކުގެ އިސް ވެރިންނަށާއި، ސަރުކާރުތަކަށާ، ބައިނަލްއަޤުވާމީ ޖަމާޢަތްތަކުގެ ވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ރަޙްމަތްތެރި ޤައުމުތަކުގެ ވެރިންނަށް ވަކިވަކިން ފޮނުއްވި މެސެޖުތަކުގައި، މީލާދީ އައު އަހަރުގެ މުނާސަބަތުގައި އެ ޤައުމުތަކުގެ ވެރިންނަށާއި، ޤައުމުތަކުގެ ސަރުކާރުތަކަށާއި، ރައްޔިތުންނަށް، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އަދި‌‌‏ އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ވަރަށް އިޚްލާޞްތެރިކަމާއެކު އައު އަހަރުގެ ތަހުނިޔާއާއި ހެއުއެދުންތައް ފޮނުއްވާފައިވެއެވެ.

އަދި މިފެށޭ އައު އަހަރަކީ ތަނަވަސްކަމާއި އުފާފާގަތި އަދި ކާމިޔާބު އަހަރަކަށް ވުމަށް އުއްމީދު ކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ. ހަމަ އެހެންމެ، މި ފެށޭ އައު އަހަރަކީ، އެ ޤައުމުތަކާއި ދިވެހިރާއްޖެއާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ، އެއްޤައުމުން އަނެއް ޤައުމަށްދޭ އެއްބާރުލުން އިތުރުވެގެންދާނެ އަހަރަކަށް ވާނެކަމަށް، އުންމީދު ކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ، ‌‌‏ބައިނަލްއަޤުވާމީ ޖަމުޢިއްޔާތަކުގެ ވެރިންނަށް ވަކިވަކިން ފޮނުއްވި އައު އަހަރުގެ ތަހުނިޔާގެ މެސެޖުތަކުގައި، ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ޙައްލުކުރުމަށާއި، ދުނިޔޭގެ ހާލަތު ރަނގަޅުކުރުމަށް އެފަރާތްތަކާ ގުޅިގެން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *