އދ. ސެކްރެޓަރީ ޖެނެރަލްއާ ޝާހިދު ބައްދަލު ކުރައްވައިފި

އދ. ސެކްރެޓަރީ ޖެނެރަލްއާ ޝާހިދު ބައްދަލު ކުރައްވައިފި

އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސްއާއި، އދ. ގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިއަދު ބައްދަލު ކުރައްވައިފިއެވެ.

ނިއުޔޯކުގައި ކުރިއަށްދާ އިންޓަނޭޝަނަލް ކޮމިއުނިޓީ އޮގަނައިޒޭޝަން (އައިސީއޯ) ގެ ބައްދަލުވުމެއްގައި ބައިވެރިވަޑައިގަތުމަށް ނިއުޔޯކުގައި މިވަގުތު ހުންނެވި ޝާހިދު، ގުޓަރެސްއާ ބައްދަލު ކުރައްވައި، އައިސީއޯގެ މަސައްކަތްތަކާއި ބެހޭ މައުލޫމާތު ވަނީ ޙިއްސާ ކުރައްވާފައެވެ. އަދި އދ. ގެ ލީޑަރޝިޕަށް ޝުކުރު އަދާކުރައްވައި މިކަމުގައި އދ. ގެ އެއްބާރުލުން ދިނުމުގެ މުހިންމު ކަމަށް އަލިއަޅުވާލެއްވިއެވެ.

ނިއުޔޯކުގައި މިހާރު ކުރިއަށްދާ އައިސީއޯގެ ބައްދަލުވުމުގައި ޝާހިދު ބައިވެރިވެވަޑައިގަތުން.

 

އައިސީއޯގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މި އިވެންޓުގެ ކޯ ސްޕޮންސަރުން ކަމަށްވާ ބަހްރެއިން، ގަޔާނާ، ހަންގޭރީ، ކުވައިތު، ސަމޯއާ، ސިންގަޕޫރު، ތަޖިކިސްތާން، ޓޮންގާ، އަދި ޔޫގަންޑާގެ ޕަރމަނަންޓް މިޝަންތަކަށް ޝުކުރު އަދާކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *