ބާބުޑާއަށް ކަނޑައަޅުއްވާ ނޮން ރެޒިޑެންޓް ސަފީރަކަށް ޝިރުޒިމަތުގެ ނަން ފޮނުއްވައިފި

ބާބުޑާއަށް ކަނޑައަޅުއްވާ ނޮން ރެޒިޑެންޓް ސަފީރަކަށް ޝިރުޒިމަތުގެ ނަން ފޮނުއްވައިފި

އެންޓީގާ އެންޑް ބާބުޑާއަށް ރާއްޖޭން ކަނޑައަޅުއްވާ ނޮން ރެޒިޑެންޓް ސަފީރަކަށް މ. ޒީނާ ޝިރުޒިމަތު ސަމީރު ޢައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

އެ މަގާމަށް ޝިރުމިޒަރު އައްޔަން ކުރެއްވުމަށްޓަކައި މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސް މަޖިލީހަށް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިއްވެވުމުން އެ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ވަނީ ފޮނުއްވައިފައެވެ.

ޝިރުޒިމަތު ސަމީރަކީ ޚާރިޖީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ ފޮރުން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމާއި ޖަރުމަނުގެ ޑެޕިއުޓީ ހެޑް އޮފް މިޝަންގެ މަގާމު އަދި ބަންގްލަދޭޝްއަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުވެސް އަދާކުރައްވާފައެވެ.

ޝިރުޒިމަތު މިހާރު ހުންނެވީ ދިވެހިރާއްޖޭން އެކުވެރި ދައުލަތް ތަކަށް ކަނޑައަޅުއްވާފައި ހުންނަވާ ޑެޕިއުޓީ ޕާމަނަންޓް ރެޕްރެޒެންޓެޓިވްގެ މަގާމުގައެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *