މީޑިއާ ކޮމިޝަންގެ ރައީސަކަށް ފަރުސަތު އައްޔަން ކުރަން ކޮމިޓީން ފާސްކޮށްފި

މީޑިއާ ކޮމިޝަންގެ ރައީސަކަށް ފަރުސަތު އައްޔަން ކުރަން ކޮމިޓީން ފާސްކޮށްފި

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސްގެ މަގާމަށް މުހައްމަދު ފަރުސަތު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދެންމެ ފާސްކޮށްފިއެވެ.

ފަރުސަތަކީ އެ ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑައެޅި މެންބަރުންގެ ތެރެއިން މެންބަރެކެވެ. އޭނާ އެމަގާމަށް އައްޔަން ކުރަން މަޖިލީހުން ރުހުން ދިނުމަށް އެދި ކޮމިޓީން ފާސްކުރީ އެ ކޮމިޝަނަށް މިހާރު އައްޔަން ކޮށްފައިވާ މެންބަރުންނާ މިއަދު ކޮމިޓީން އިންޓަވިއު ކުރުމަށްފަހު ގައެވެ.

ފަރުސަތު މީގެކުރިން ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްކަންވެސް ކުރައްވާފައެވެ. އަދި ސިވިލްސާވިސް ކޮމިޝަނުގައިވެސް އޭނާ މަސައްކަތް ކުރެއްވިއެވެ.

އަލަށް އަމަލު ކުރަންފެށި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ގާނޫނު ބުނާގޮތުން އެ ކޮމިޝަން އެކުލެވިގެން ވަނީ ހަތް މެންބަރުންގެ މައްޗަށެވެ. އޭގެ ތެރޭގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ތިން މެންބަރުންނާއި ބްރޯޑްކާސްޓަރުން ތަމްސީލުކުރާ ދެ މެންބަރުންނާއި އެހެނިހެން މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރުންނެވެ. އެ މެންބަރުންނަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ރުހުންދީފައެވެ.

ހަތް މެންބަރުންގެ، މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ތިން މެންބަރުންނާއި ބްރޯޑްކާސްޓަރުން ތަމްސީލުކުރާ ދެ މެންބަރުންނާއި އެހެނިހެން މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރުގެ ގޮތުގައި އިންތިހާބީ ހަތަރު މެންބަރުންނެވެ.

ކޮމިޝަނަށް މަޖިލީހުން ކަނޑައެޅި ތިން މެންބަރުން:

  • މުހައްމަދު ފަރުސަތު، ހ. ޓޫހާޓްސް
  • ސަފާ ޝަފީގު، ބިއްލޫރިވިލާ، ދ. މީދޫ
  • އައިމިނަތު ސަރާހަތު އިއްޒަތު، ގ. ގޮފި

މީޑިއާ ތަކުން ކޮމިޝަނަށް ހޮވުނު އިންތިޚާބީ ހަތަރު މެންބަރުން:

  • އަބްދުލްއަޒީޒް އިބްރާހީމް، މޫނިމާގެ / ށ. ފޭދޫ
  • ޒަމްއަތު އަހުމަދު ވަހީދު، މަލަ / ގދ. ތިނަދޫ
  • ސިމާހާ ނަސީމް، ވެލީގެ / ގދ. ރަތަފަންދޫ
  • ހުސައިން ޘަގީފް، ހިސާން /ހދ. ވައިކަރަދޫ
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *