Screenshot

ސިނގިރޭޓު ކޮންޓެއިނާ ގެއްލުން: ލޮޓަސް އާއްޓެ، ދިގަލި ވަހީދު، ކަސްޓަމްސްގެ ކުރީގެ ސުޕްރިޑެންޓު މުއާޒު ހައްޔަރުކޮށްފި

ސިނގިރޭޓު ކޮންޓެއިނާ ގެއްލުން: ލޮޓަސް އާއްޓެ، ދިގަލި ވަހީދު، ކަސްޓަމްސްގެ ކުރީގެ ސުޕްރިޑެންޓު މުއާޒު ހައްޔަރުކޮށްފި

އެމްޕީއެލްގެ ބެލުމުގެ ދަށުގަައި ހުއްޓާ ވީނުވީއެއް ނޭނގި ގެއްލުނު 2 ސިނގިރޭޓް ކޮންޓެއިނަރުގެ މައްސަލައާ ގުޅިގެން ވިޔަފާރިވެރިޔާ އަހުމަދު އާރިފް (އާއްޓޭ)އާއި އެޕޯލޯ ހޯލްޑިންސްގެ ސީއީއޯ މުޙައްމަދު ވަހީދު (ދިގަލި) އަދި ކަސްޓަމްސްގެ ކުރީގެ ސުޕްރިޑެންޓު މުއާޒް އަލީ ހައްޔަރުކޮށްފި އެވެ.

އިތުބާރު ހުރި މަސްދަރުތަކުން މައުލޫމާތު ދިން ގޮތުގައި އެ ތިން މީހުން ހައްޔަރުކޮށްފައިވަނީ މިރޭގެ ވަގުތެއްގަ އެވެ. އަދި ފުލުހުން ވަނީ އެ މީހުން ދިރިއުޅޭ ތަންވެސް ބަލައިފާސްކޮށްފަ އެވެ.

ދެން މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ކަސްޓަމްސްގެ ސީނިއާ އޮފިސަރެއް ކަމުގައިވާ ހދ. ވައިކަރަދޫ ޒިވާރު އިސްމާއީލް އެވެ. އޭނާއަކީ ހުޅުމާލެ ޕޯޓުގައި މަސައްކަތް ކުރާ މީހެކެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަޢުލޫމާތު ދިން ގޮތުގައި މި މައްސަލައިގައި މިހާތަނަށް 12 މީހެއް ރާޢްޖެއިން ބޭރަށް ފުރުން ވަނީ މަނާކުރެވިފައެވެ.

އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ހުރި ދެ ކޮންޓެއިނަރެއްގައި ހުރި އެ ސިނގިރޭޓު ތަކަކީ ރާއްޖެއަށް ވަގަށް އެތެރެ ކުރަނިކޮށް އަތުލައިގަތް ސިނގިރޭޓުތަކެެވެ. އެ ދެ ކޮންޓެއިނަރު ހިފަހައްޓާފައިވަނީ ކަސްޓަމުންނެވެ. ކަސްޓަމުން ހުރީ އެ ދެ ކޮންޓެއިނަރު ސީޒްކޮށް ތަޅުވެސް އަޅުވައިފައެވެ.

އެ ދެ ކޮންޓެއިނަރުގައި1،360 ކޭސް ސިނގިރޭޓް ހުރިއިރު އެއީ 13.6 މިލިއަން ސިނގިރޭޓެވެ. އޭގެ ޑިއުޓީ އަގު 122 މިލިއަން ރުފިޔާ އަރައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *