‏ރިޝްވަތުގެ މައްސަލައެއްގައި ކަސްޓަމްސްގެ ކުރީގެ އިސްވެރިއަކަށް ދައުވާ ކުރަން ފޮނުވައިފި

‏ރިޝްވަތުގެ މައްސަލައެއްގައި ކަސްޓަމްސްގެ ކުރީގެ އިސްވެރިއަކަށް ދައުވާ ކުރަން ފޮނުވައިފި

ރިޝްވަތަށް އެދިފައިވާ މައްސަލައެއްގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ކުރީގެ ސީނިއާރ ސުޕްރިންޓެންޑެންޓް، މުއާޒު އަލީ (ހ. ނިއުހެޕިނަސް، މާލެ)ގެ މައްޗަށް ދައުވާ ކޮށްދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނީ އޭނާގެ މައްޗަށް ދައުވާ ކުރަން ފޮނުވީ މިމަހުގެ އަށްވަން ދުވަހު ކަމަށެވެ.  އޭސީސީން ބުނީ އަމިއްލަ ކުންފުންޏަކުން 2018 ވަނަ އަހަރު ރާއްޖެ އެތެރެކުރި 450 ސިނގިރޭޓް ކޭސް މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ހުޅުމާލޭ ބޮންޑެޑް ވެއަރހައުސްގައި ބެހެއްޓުމަށްފަހު، އެ ކޭސް ތަކުގެ ތެރެއިން 430 ސިނގިރޭޓް ކޭސް ރީ-އެކްސްޕޯޓް ކުރުމަށް ފުރިހަމަ ކުރަންޖެހޭ ހުރިހާ އިޖުރާއަތެއް ފުރިހަމަކޮށް ހުޅުމާލޭ ބޮންޑެޑް ވެއާ ހައުސްއިން ދޫކޮށްފައިވީ ނަމަވެސް، އެ ސިނގިރޭޓް ކޭސްތައް ރީ-އެކްސްޕޯޓް ކޮށްފައި ނުވާތީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބަލަމުންދިޔަ މައްސަލަ، އެ ކުންފުންޏަށް ފަހިވާ ގޮތަށް ނިންމުމުގެ މުގާބިލުގައި ކުންފުނީގެ ދެ ފަރާތެއްގެ ކިބައިން މުއާޒު ރިޝްވަތަށް އެދިފައިވާކަން ތަގީގަށް ސާބިތު ވެފައިވާ ކަމަށެވެ.

މި މައްސަލާގައި އޭސީސީން ހުށަހަޅާފައި ވަނީ، ގާނޫނު ނަންބަރު 2014/9 (ދިވެހި ރާއްޖޭގެ ގާނޫނުލްއުޣޫބާތު)ގެ 510ވަނަ މާއްދާގެ (ހ)ގެ ދަށުން އެނގި ހުރެގެން މަންފާއަކަށް އެދުމާއި، ގަބޫލު ކުރުމާއި، ތިމާއަށްޓަކައި ނުވަތަ އެހެން މީހަކަށްޓަކައި އެ މަންފާ ގަބޫލު ކުރުމަށް އެއްބަސްވުމުގެ ކުށުގެ ދައުވާއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *